އައްޑޫ ސިޓީގައި މޫނު ނިވާކޮށްގެން ތިބި ބަޔަކު މީހަކަށް އަނިޔާ ކުރި މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، މި މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. މި ހަމަލާގައި އެ މީހާއަށް އެކިވަރުގެ އަނިޔާތައް ވެފައިވާއިރު އޭނާއަށްވަނީ އޭއީއެޗްގައި ފަރުވާދީފައެވެ. މި މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާއިރު ފުލުހުން ދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.
އެނގިފައިވާ ގޮތުގައި އަނިޔާ ލިބުނު މީހާ އަކީ ހިތަދޫ ވެމްކޯ އޮފީހުގައި މަސައްކަތް ކުރަމުން އަންނަ މީހެކެވެ. އޭނާއަށް ހަމަލާދީފައިވަނީ ކޮން ސަބަބަކާއި ހުރެކަމެއް އަދި ސާފުވެފައެއް ނުވެއެވެ.
މި ހަމަލާގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު އޭނާގެ ހަށިގަނޑުގެ އެތަން މިތަނުގައި ލޭ ހުރި އިރު ބޮލުގައި އަދި ކޮނޑުގައި ޒަހަމްތަކެއް ހުރި ކަން އެ ފޮޓޯތަކުން ފާހަގަވެއެވެ.
އައްޑޫ ގާމެންޓް ފެކްޓްރީއަށް އިންވެސްޓަރުން ހޯދުމަށް އަންނަ ހަފްތާގައި ހުޅުވާލާނެ އައްޑޫ ކަރަންޓު މައްސަލަ ހައްލުކުރުމަށް ޖެންސެޓެއް ފޮނުވަނީ ފޭދޫގައި ހަށިވިއްކަމުން ދިޔަ ބަޔަކު ހައްޔަރުކޮށްފި ސަދަން ޑިވޮލަޕްމަންޓް ޒޯނުގެ މައި ހަބަކީ އައްޑޫ ސިޓީކަމުގައި ހ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ