ރާއްޖޭގެ ސަރަހައްދަށް ޤަވާއިދާ ޚިލާފަށް ވަދެ، ބައި ޓަނެއްހާ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމަށް ތުހުމަތުކުރެވޭ ސްރީލަންކާގެ މަސްބޯޓުގެ ފަޅުވެރިން 30 ދުވަހަށް ބަންދުކުރުމަށް ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ސްރީލަންކާގެ ރައްޔިތުން ކަމުގައިވާ ފަސް މީހުންނެވެ. އެމީހުން އަތުލައިގެނެފައިވަނީ ހޮނިހިރުގެ ރޭ ދަންވަރު 12:45 ހާއިރު މަކުނުދޫ ބޭރުން މަސްބޯޓެއްގައެވެ. ފުލުހުން ވަނީ އެ އެންމެންގެ ވަނަވަރު ހާމަކޮށްފައެވެ.
އެއީ ރާޖްޕަކްޝަ ގެމަގޭ ދެނޫޝަ މަޑުމަލް (21 އަހަރު)، މުއްތިމާ ޕަޓަބިންދިގޭ އަމިޝްކް ސަންޖީވަ ކުމާރަ (22 އަހަރު)، ޗަމޮދް ދިވަންގާ ދިލަކާވަ (22 އަހަރު)، ލޮރެންސު ހޭވާގީ ސަރަތު (56 އަހަރު) އަދި ވިޖޭވީރަ ގުނަރަތުނާ މަހާވިދޯމާ (37 އަހަރު) އެވެ.
މި ފަސް މީހުން އަތުލައިގަނެފައިވަނީ "އަށެންޕުތަ" ނަމަކަށް ކިޔާ ސްރީލަންކާގެ މަސްބޯޓަކުންނެވެ. ދިވެހި ސިފައިންނާއި އެހީތެރިކަމާއި އެކު އަތުލައިގަތް މި ބޯޓުން 468.6 ކިލޯގެ މަސްތުވާތަކެތި ފެނިފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ 344 ކިލޯގެ ކްރިސްޓަލް މެތު އަދި 124.6 ކިލޯގެ ކޮކެއިން ކަމަށް ފުރަތަމަ މަރުހަލާގެ ޓެސްޓުތަކުން ދައްކައެވެ.
މި މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކުޅުދުއްފުށި ސިޓީ ޕޮލިސް ގުޅިގެން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ބައި ޓަނުގެ މަސްތުވާތަކެތި އަތުލައިގަތް ބޯޓުގައި ތިބި މީހުންގެ ބަންދަށް 30 ދުވަސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ