ބޭރު ފައިސާއާ ބެހޭ ބިލުގައި 500 ޑޮލަރު މާރުކުރަންޖެހޭ ގޮތަށް އޮތުމަކީ ރަނގަޅު ބަދަލެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑީއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވިދާޅުވީ މި ބަދަލުގެ ސަބަބުން އާންމުންނާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ޑޮލަރުގެ ތިޔާގިކަން ލިބިގެންދާނެ ކަމަށެވެ.ރައީސް މުޢިއްޒު އިތުރަށް ވިދާޅުވި ގޮތުގައި، މި ބިލުގެ ދަށުން ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު މާރުކުރަންޖެހޭނެއެވެ. އަދި ޓޫރިޒަމް ނޫން ދާއިރާތަކުންވެސް ވަކި މިންވަރަކަށްވުރެ ގިނައިން ޑޮލަރު އާމްދަނީ ލިބޭނަމަ އެ ފައިސާ މާރުކުރަންޖެހޭނެ ކަމަށް ވިދާޅުވިއެވެ.މީގެ އިތުރުން، ބޭރު ފައިސާއާ ގުޅޭ އިތުރު ބަދަލުތަކެއްގެ ވާހަކަވެސް ރައީސް ހާމަކުރެއްވިއެވެ. މީގެ ތެރޭގައި ސަރުކާރު ކުންފުނިތަކަށް ރަސްމީ ރޭޓުގައި ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި، ވެލާނާ އެއަރޕޯޓުން ފުރާ ދިވެހިންނަށް ލިބޭ ޑޮލަރުގެ އަދަދު 1000 އަށް އިތުރުކުރުން ހިމެނެއެވެ. އަދި ކްރެޑިޓް ކާޑު ލިމިޓްތައް ބޮޑުކުރުމާއި، އިމްޕޯޓަށް ބޭންކުތަކުން ދޫކުރާ ޑޮލަރުގެ ނިސްބަތް އިތުރުކުރުންވެސް ހިމެނެއެވެ.ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި މި ބަދަލުތަކަކީ ޤައުމުގެ އިޤްތިޞާދީ ދުޅަހެޔޮކަން އިތުރުކޮށް، ބޭރު ފައިސާގެ ދަތިކަން ޙައްލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެކެވެ.
ބޭރު ފައިސާއާ ބެހޭ ބިލުގައި 500 ޑޮލަރު މާރުކުރަންޖެހޭ ގޮތަށް އޮތުމަކީ ރަނގަޅު ބަދަލެއް: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ