ރާއްޖެއަށް 103 ފަހަރު އައިސްފައިވާ ފަތުރުވެރިއަކަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުاللهމައުސޫމް މަރުހަބާ ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނާ ގޮތުން, ޖަޕާނަށް ނިސްބަތްވާ އުމުރުން 76 އަހަރުގެ ނައިޓޯ ޓަކާޝީ, މިދިޔަ 24 އަހަރުގެ ތެރޭގައި ކޮންމެ އަހަރަކު 5-3 ފަހަރު ރާއްޖެ އައިސްފައިވެ އެވެ.
އޭނާ 103 ވަނަ ފަހަރަށް ރާއްޖެ އައީ މިދިޔަ އާދީއްތަ ދުވަހު އެވެ. ރާއްޖެ އައި އެކަންޏެވެ.
ޓޫރިޒަމް މިނިސްޓަރު މައުސޫމް ޓަކާޝީއަށް މަރުހަބާ ވިދާޅުވީ އޭނާ މި ފަހަރު ޗުއްޓީ ހޭދަކުރަމުން ދިޔަ ސަފާރީ ބްލޫ, ފަން އަޒުލް ފްލީޓަށް ވަޑައިގެންނެވެ. އަދި ސަފާރީގައި ބޭއްވި ކުޑަ ހަފުލާއެއްގައި ރާއްޖޭގެ ފަރާތުން ޓަކާޝީއަށް ވަނީ ހާއްސަ ހަދިޔާއެއް ދީފަ އެވެ.
ރާއްޖޭގައި އަށް ދުވަސް ހޭދަކުރުމަށްފަހު އޭނާ މިހާރު ވަނީ ރާއްޖެއިން ފުރައިގެން ގޮސްފަ އެވެ.
އަހަރަކު 5-3 ފަހަރު ރާއްޖެ އަންނަ ފަތުރުވެރިއެއް, މިހާތަނަށް 103 ފަހަރު ރާއްޖެ އައިސްފި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ