އައިއެންއައިއޭއިން ކަރަންޓު ކެނޑި، ދަތިތަކެއް ކުރިމަތިވެފައި

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑެމުން ދިއުމުގެ ސަބަބުން އެ އެއާޕޯޓުން ޚިދުމަތްތައް ލިބުމުގައާއި ފޯރުކޮށްދިނުމުގައި ދަތިތަކެއް ކުރިމަތިވަމުން އެބަދެއެވެ. އެމްއޭސީއެލްގެ އެސޯސިއޭޓް ޖެނެރަލް މެނޭޖަރު ހަސަން އަރީފް "ސަން" އަށް ވިދާޅުވީ، މިއަދު ހެނދުނުން ފެށިގެން އެއާޕޯޓުގެ އެކި ސަރަހައްދުތަކުން އިރުއިރުކޮޅާ ކަރަންޓް ކެނޑެމުން ދިޔަ ނަމަވެސް އެއާޕޯޓުގެ ހުރިހާ ކްރިޓިކަލް ބައިތަކެއްގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ދިޔަ ކަމަށެވެ. ސަންއަށް އެނގިފައިވާ ގޮތުގައި ކަރަންޓު މިވަގުތު ކަރަންޓު ނެތީ ޑޮމެސްޓިކް ޓާމިނަލްގައެވެ. އަދި އެތެރޭގެ އުދުހުންތަކަށް މީހުން ފުރަނީ ވެސް އިންޓަނޭޝަނަލް ޓާމިނަލުންނެވެ. "ކަރަންޓް ނެތަސް އެވެސް ފްލައިޓެއް ޑިލޭއެއް ނުވޭ. އިންޓަނޭޝަނަލް ޓާމިނަލްއަށް ކަރަންޓް ލިބިއްޖެ ދޭއް ޖަހާކަންހާއިރު. ޑޮމެސްޓިކްގައި ނެތީ،" އޭނާ ވިދާޅުވިއެވެ. ހަސަން ވިދާޅުވީ، ކަރަންޓު ކެނޑެން މެދުވެރިވީ، މައި އިންޖީނަކަށް ދިމާވި މައްސަލައެއްގެ ސަބަބުން ކަމަށާއި އެކަން ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ