ޑީއެޗްއެލް ޕެކޭޖަކަށް ފައިސާ ދެއްކުމުގެ ނަމުގައި ސްކޭމް މެސެޖުތަކެއް!
ޑީއެޗްއެލް ޕެކޭޖެއް ނެގުމަށް ޓަކައި ކަސްޓަމްސްއަށް ފައިސާ ދެއްކުމުގެ ނަމުގައި މެސްޖުތަކެއް ފޮނުވަމުން އަންނާތީ އެކަމަށް ސަމާލުވެތިބުމަށް ފުލުހުން މިއަދު އެދެފިއެވެ. ފުލުހުން ބުނީ ޑީއެޗްއެލް އިން ޕެކޭޖެއްގެ ކަސްޓަމްސް ފީއަށް ފައިސާ ދެއްކުމަށް ކަމަށް ބުނެ ޓީއެމްއޭގެ ނަމުގައި މެސެޖުތަކެއް ދައުރުވަމުންދާ ކަމަށެވެ. އެ މެސެޖުގައިވާ ލިންކު މެދުވެރިކޮށް ކޭޝް ކާޑުގެ މައުލޫމާތު ހިއްސާ ކުރުމަށް އެދެމުން އަންނަ ކަން ފާހަގަ ކުރަމުން ފުލުހުން ބުނީ އެއީ ސްކޭމެއް ކަމަށާއި އެހެންވެގެން އެގޮތަށް ފޮނުވާ މެސެޖްތަކުގައިވާ އެއްވެސް ލިންކެއް ނުހުޅުވުމަށް އިލްތިމާސްކުރާ ކަމަށެވެ. އޮޅުވާލައިގެން ފައިސާ ޓްރާންސްފާ ކުރުމާއި ސްކޭމް ކޯލްގެ މައްސަލަ ރާއްޖޭގައި ކަންބޮޑުވާ މިންވަރަށް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މަކަރާއި ހީލަތުން ފައިސާ ހޯދުމަށް އެންމެ ގިނައިން ފޯނުކުރާ އެއް ސަރަހައްދަކީ މާފުށި ހިމެނޭ ސަރަހައްދު ނުވަތަ މާފުށީ ޖަލު ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ. އެކި މީހުންނަށް ފޯނުކޮށްގެން އޮޅުވާލައިގެން ބޮޑެތި އަދަދުތަކުން ފައިސާ ހޯދާ މައްސަލާގައި ފުލުހުން ވަނީ މޮބައިލް ސިމް ވިއްކުން ހަރުކަށިކޮށް، ހަރުދަނާ ފިޔަވަޅުތަކެއް ވެސް އަޅަން މިހާރު ފަށައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ