މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިދާނެ

މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނެފައިވަނީ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތްތަކެއް މިއަދު ކުރިއަށްދާނެ ކަމަށެވެ.
އެގޮތުން މިއަދު މެންދުރު 14:00 އިން 16:00 އަށް ހެންވޭރުގެ އަމީރު އަހުމަދު މަގާއި، ކަސްތޫރިމަގު އަދި ރޯޝަނީ ގޯޅިން ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ.
މިކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމަށްޓަކައި، މިއަދު މެންދުރު 14:00 އިން 16:00 އަށް ހެންވޭރުގެ އަމީރު އަހުމަދު މަގާއި، ކަސްތޫރިމަގު އަދި ރޯޝަނީ ގޯޅިން ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް. ދިމާވެދާނެ ދަތިތަކަށް މާފަށް އެދެން. pic.twitter.com/cwMgZGWg6x
— STELCO (@STELCOMALDIVES) January 4, 2023
މާލޭ ސަރަހައްދުގައި ކަރަންޓުގެ ހިދުމަތް ދެމުން އަންނަ ސްޓެލްކޯއިން އަންނަނީ، ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ