ހުޅުލޭގެ ޕާކިން ޒޯންތަކުގައި ޕާކު ކުރުން ވަގުތީގޮތުން މަނާކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް ތައްޔާރުވުމުގެ ގޮތުން، ހުޅުލޭގެ ޕާކިން ޒޯނުތަކުގައި ޕާކުކުރުން ވަގުތީގޮތުން މަނާކޮށްފި އެވެ.
ތަފްސީލް - މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން މިއަދު ބުނިގޮތުގައި މި މަހު 26ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ރަސްމިއްޔާތަށް ތައްޔާރުވުމުގެ ގޮތުން، ޕާކުކުރުން މަނާކޮށްފައިވަަނީ އިރުމަތީ ފަރާތު ޕާކިން ޒޯނާއި ހުޅަނގު ފަރާތުގެ ޕާކިން ޒޯނުގަ އެވެ.
އެތަނުން ބުނިގޮތުގައި:
އިރުމަތީ ފަރާތު ޕާކިން ޒޯނުގައި މަނާކުރީ، ހަތަރު ފުރޮޅުލީ އުޅަނދު ޕާކުކުރުން
ހުޅަނގު ފަރާތު ޕާކިން ޒޯނުގައި އެއްވެސް އުޅަނދެއް ޕާކުކުރުމަކީ މަނާ ކަމެއް
އެ ތަންތަނުގައި ހުރި އުޅަނދުތައް، އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ނަގަން ޖެހޭނެ
އެމްއޭސީއެލުން ބުނީ އެ މުއްދަތު ފަހުން ނުނަގާ ހުންނަ އުޅަނދުތައް، ފުލުހުންގެ އެހީގައި ނަގާނެ ކަމަށެވެ. އަދި ދެން އެތަން އަލުން ހުޅުވާނެ އިރެއް ފަހުން އިއުލާން ކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ