ސިޔާމްއާ ޒާރާގެ ކައިވެނި ސުލްހައިގައި ރޫޅާލައިފި

މަޝްހޫރު ވިޔަފާރިވެރިޔާ އަހްމަދު ސިޔާމް މުހައްމަދު އާއި އައިމިނަތު ޒާރާގެ ކައިވެނި ރޫޅާލައިފި އެވެ.
މުޅި ގައުމުގެ ސަމާލުކަން ހުއްޓުނު މި ކައިވެނި ރޫޅިފައިވާ ކަމަށް ސިޔާމްގެ އަރިސް ބޭފުޅެއް ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވަނީ ޔަގީން ކޮށް ދެއްވާފަ އެވެ.
އައްބާސް ވިދާޅުވީ ސިޔާމް އާއި ޒާރާގެ ކައިވެންޏަކީ އެކަކު އަނެކުން ދެކެ ލޯބި ވެގެން ކުރި ކައިވެންޏެއް ކަމަށެވެ. އެ ކައިވެނި ރޫޅާލާފައި ވަނީވެސް އެކަކު އަނެކުންގެ މެދުގައި ރިވެތި ގޮތުގައި މަސްވަރާކުރުމަށް ފަހު ސުލްހަވެރިކަމާއެކު ސުލްހަވެރި މާހައުލެއްގައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ