ސަރުކާރު ކުންފުނިތައް އޮޑިޓު ކުރަން ބޭނުންވާ މާލީ ބަޔާންތައް ހުށަހެޅުމަށް ދީފައިވާ މުއްދަތު ހަމަވިއިރު ވެސް 10 ކުންފުންޏަކުން އެ ލިޔެކިޔުންތައް ހިއްސާކޮށްފައި ނުވާ ކަމަށް އޮޑިޓު އޮފީހުން ރައްޔިތުންގެ މަޖިލީހަށް މައުލޫމާތު ދީފި އެވެ.
މާލިއްޔަތު ކޮމިޓީގައި މައުލޫމާތު ހިއްސާކުރަމުން އޮޑިޓު އޮފީހުން ހާމަކޮށްފައިވާ ގޮތުގައި ސަރުކާރުގެ ހިއްސާ އޮންނަ 29 ކުންފުންޏެއް އޮޑިޓު ކުރަން ނިންމާފައިވާ ކަމަށެވެ. އޭގެ ތެރެއިން ބޭނުންވާ ވަގުތަށް މިދިޔަ އަހަރުގެ މާލީ ބަޔާންތައް އޮޑިޓު އޮފީހަށް ފޮނުވީ 16 ކުންފުންޏަކުންނެވެ.
ރޯދަ މަހުގެ ފަހު 10 ބަންދު ކުރުމާ ގުޅިގެން އެ މުއްދަތު އިތުރުކުރި ކަމަށާއި އެހެންވެ މާލީ ބަޔާންތައް ހުށަހަޅަން އެންގީ އެޕްރީލް 30، ގެ ކުރިން ކަމަށް އޮޑިޓު އޮފީހުން ބުނެފައި ވެ އެވެ.
"އޭގެ ތެރޭގައި ފެނަކަ ކޯޕަރޭޝަނާއި މިހެން ގޮސް ދައުލަތުގެ ކުންފުނިތައް އެބަ ހިމެނޭ. 19 ޖޫންއާ ހަމައަށް ވެސް ލިބިފައި މިވަނީ، ނުލިބާ ތަންތަނުގެ ތެރެއިން ތިން ތިނެއް. އަދިވެސް 10 ތަނެއްގެ މާލީ ބަޔާންތައް ސަބްމިޓު ނުކޮށް ވަނީ އަޅުގަނޑުމެންނަށް،" އޮޑިޓު އޮފީހުން މައުލޫމާތު ދެއްވި ބޭފުޅާ ވިދާޅުވި އެވެ.
މާލީ ބަޔާންތައް ލިބުމަކީ އޮޑިޓު ވަގުތަށް ނިންމަން ލިބޭ ބޮޑު ފަސޭހައެއް ކަމަށް ވެސް އެ އޮފީހުން ބުނެފައި ވެ އެވެ.
އެހެންވެ މާލީ ބަޔާންތައް ހޯދުމަށް ޕްރައިވަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް ސިޓީއެއް ވެސް ފޮނުވާފައިވާ ކަމަށާއި އޮންނަ ތާރީހަށް އެ ބަޔާންތައް ދިނުމަށް ޕީސީބީން ކުންފުނިތަކަށް އަންގާފައިވާ ކަމަށް ވެސް ކޮމިޓީގައި ހާމަކޮށްފައި ވެ އެވެ.
މިހާތަނަށް ޝާއިއު ކުރެވިފައިވަނީ ހަތަރު ކުންފުންޏެއްގެ އޮޑިޓު ރިޕޯޓު ކަމަށާއި، ރިޕޯޓިން ސްޓޭޖުގައި ހަ ކުންފުންޏެއް އަދި ފީލްޑް ވޯކު ކުރަމުންދާ ހަތް ކުންފުންޏެއް ހިމެނޭ ކަމަށް އޮޑިޓު އޮފީހުން ކޮމިޓީއަށް މައުލޫމާތު ދިނެވެ.
އޮޑިޓު ކުރަން ބޭނުންވާ މާލި ބަޔާންތައް ސަރުކާރުގެ 10 ކުންފުންޏަކުން އަދިވެސް ހުށަނާޅާ އޮޑިޓު ކުރަން ބޭނުންވާ މާލި ބަޔާންތައް ސަރުކާރުގެ 10 ކުންފުންޏަކުން އަދިވެސް ހުށަނާޅާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ