ގާސިމް ރައީސް ސޯލިހާ ކޯލިޝަން ނުހެދިނަމަވެސް އިންތިހާބުގައި 51.2% ރައީސް ސޯލިހަށް ލިބޭނެ ކަމަށް އިމްރާން ވިދާޅުވެއްޖެ

މި އަހަރު ބާއްވާ ރިޔާސީ އިންތިހާބާ ގުޅޭ ހިސާބު ޖަހާފިން ކަމަށާއި، ރައީސް ސޯލިހު51.2% އާއެކު އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމުގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީ، އަދާލަތު އަދި އެމްޑީއޭ  އެކުވެގެން ރައީސް ސޯލިހް ދެވަނަ ދައުރަކަށް ހޮވުމަށް ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކާމިޔާބު ވާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.
އިމްރާން މިފަދަ ޓްވީޓެއް މިއަދު ކުރައްވާފައިމިވަނީ  ޖުމްހޫރީ ޕާޓީން މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެޕާޓީން ކެނޑިޑޭޓަކު ނެރުމަށް ރޭ ނިންމުމާއި ގުޅިގެންނެވެ.
ޖޭޕީގެ ކައުންސިލުން ވަނީ ރިޔާސީ އިންތިހާބުގައި ޖޭޕީން ވަކިން ވާދަކުރުމަށާއި ކޯލިޝަން ހަދަން ބޭނުންވާ ޕާޓީތަކާ އެކު، ކޯލިޝަން މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ. ސަރުކާރު ކޯލިޝަންގެ ދެވަނަ އަށް އެންމެ ބޮޑު ޕާޓީ، ޖޭޕީން ރިޔާސީ އިންތިހާބަށް ނުކުތުމަށް ނިންމާފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 49 މެމްބަރުންގެ އިއްތިފާގުންނެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ