އެމްޑީޕީ ދޫކޮށް އާޒިމް ނުދާނެކަން ޔަގީންވަނީ، މޭޔަރުކަމަށް ހޮވުމުން ގިނިކަންޏާ ވެސް އިންނެވީމާ: ސަލީމް
އެމްޑީޕީ ދޫކޮށް އާޒިމް ނުދާނެކަން ޔަގީންވަނީ، މޭޔަރުކަމަށް ހޮވުމުން ގިނިކަންޏާ ވެސް އިންނެވީމާކަމަށް އެމްޑީޕީގެ ހެންވޭރު ހުޅަނގު ދާއިރާގެ ރައީސް މާޒް ސަލީމް މިރޭ ވިދާޅުވެއްޖެއެވެ. މާލޭގެ މޭޔަރުކަމަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަަކުރައްވާ އާދަމް އާޒިމްގެ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން މާޒް ސަލީމް ވިދާޅުވީ، އާޒިމަކީ ޓެސްޓުކުރެވިފައިވާ ޕްރޮޑަކްޓެއް ކަމަށެވެ. އެހެންކަމުން އާ މޭޔަރަކު މާލެއަށް އިންތިޚާބުކުރަން އާ ކެނޑިޑޭޓެއް ނެރުމަކީ ބޮޑު ރިސްކެއް ކަމަށް ސަލީމް ވިދާޅުވިއެވެ. އަދި ރިޔާސީ އިންތިޚާބުގައި ކަންކުރި ފަދައިން "ޖަޒްބާތެއްގައި ޖެހި" މަސައްކަތްކުރުމުން ނިކުންނާނެ ނަތީޖާއަކީ، އެމްޑީޕީ ތެރެއިން، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ނޫން ގޮތެއް ހޯދަން މަސައްކަތްކޮށްގެން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމަށް އިންތިޚާބުވުން ފަދަ ނަތީޖާއެއްކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން މާޒް ސަލީމް ވިދާޅުވީ، މޭޔަރުކަމުގެ ބައިއިލެކްޝަނުގައި އާޒިމާއެކު ވާދަކުރި ބައެއް ކައުންސިލަރުން ވެސް ތިބި ކަމަށެވެ. ނަމަވެސް އެ ބޭފުޅުންނަށް ކައުންސިލަރުކަން ޔަގީންވުމާއެކު ވޯޓު ގުނާ މަރުކަޒުން ދިޔައިރު ވެސް އާޒިމް ގިނިކަންޏާ ހުންނެވި ކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ތެރޭ ވެސް ކުރިމަތިވި ނުފޫޒަށް ކުޑަކަކޫ ނުޖައްސަވާ ހުންނެވި ހަމައެކަނި ބޭފުޅަކީ އާޒިމް ކަމަށެވެ. އެއިރު ވެސް އާޒިމް ހުންނެވީ އެމްޑީޕީގެ މެންބަރުންނާއެކު ކަމަށާއި، އިންތިޚާބަށްފަހު ވެސް އާޒިމް ހުންނެވީ އެމްޑީޕީއާއެކު ކަމަށެވެ. ނަމަވެސް އާޒިމް އަތުން މޭޔަރުކަން އަތުލައި، އެހެން ބޭފުޅަކު ހޮވައިފިނަމަ ދެން އެ މޭޔަރަކު މިހާރުގެ ރައީސް ޑރ. މުއިއްޒުގެ އަރިހުގައި ކުޑަކަކޫ ޖައްސަވާނެ ކަމަށް މާޒް ސަލީމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ