ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އޭޕްރިލް 15ގައި ބާއްވަނީ

ކ. ގުރައިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ހުސްވެފައިވާތީ، އެ ގޮނޑިއަށް މެންބަރަކު އިންތިހާބުކުރަން ބާއްވާ ބައި-އިލެކްޝަން އަންނަ އޭޕްރިލް މަހުގެ 15 ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ
ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ ކެންސަރު ބަލީގައިި މިދިޔަ ބުރާސްފަތި ދުވަހު އަވަހަރާވުމާ ގުޅިގެންނެވެ.
އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ގުރައިދޫ ދާއިރާއަށް ވާދަކުރުމުގެ ފުރުސަތު މާދަމާ ހުޅުވާލާނެ ކަމަށެވެ. އެކަމަށް ކުރިމަތިލާން ހުޅުވާލާނީ ދެ ހަފުތާގެ މުއްދަތެއް ކަމަށްވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ