ހިޔާ ފްލެޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެއް ކޮޓަރި އެއްކޮށް އަނދައިފި

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މައުލޫމާތު ދިން ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ހިޔާ ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާގެ 10 ވަނަ އެޕާޓްމަންޓުގައެވެ. މިއަދު ހިނގި މި ހާދިސާގައި އެޕާޓްމަންޓަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
އެންޑީއެމްއޭ އިން ބުނީ، އަލިފާން ރޯވުމުގެ ސަބަބުން އެޕާޓްމަންޓުގެ އެއް ކޮޓަރި އެއްކޮށް އަނދައި، އިތުރަށް ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ. މި ހާދިސާ ހިނގިއިރު އެ ގޭގައި ހަތަރު މީހުންގެ އާއިލާއެއް ދިރިއުޅެމުންދިޔަ ނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ