އިންޓަރ ކޮލެޖް/ހައި ސްކޫލް ހޭންޑްބޯޅަ މުބާރާތް ނިންމާލައިފި

ހަތަރުވަނަ އިންޓަ ކޮލެޖް އަދި ހައި ސްކޫލް ހޭންޑްބޯޅަ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.
މިއަހަރުގެ މުބާރާތްވެސް ކުރިއަށްދިޔައީ އަންހެން ފިރިހެން ވަކިންނެވެ. އެގޮތުން ހައި ސްކޫލް ބައިގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލެވެ. މި ބައިގައި މެޕްސް އިންޓަނޭޝަނަލް ހައި ސްކޫލާއި ވިލާ ހައި ސްކޫލް އެކަނި ވާދަކުރުމުން ޗެމްޕިއަން ޓީމު ކަނޑައެޅީ ލީގު އުސޫލުން ކުޅެގެންނެވެ.
ހައި ސްކޫލް ބައިގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަން ޓީމަކީ އަލް މަދަރުސަތުލް އަރަބިއްޔަތުން އިސްލާމިއްޔާ އެވެ. މިބައިގައި 3 ސްކޫލެއް ވާދަކުރިއިރު، ޗެމްޕިއަންކަން އަލް މަދަރުސަތުލް އަރަބިއްޔަތުން އިސްލާމިއްޔާ ހޯދީ ފައިނަލް މެޗުގައި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް އަތުން 23-7 އިން މޮޅުވެގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ