ގާޒީ އިބްރާޙީމް އަލީގެ މައްސަލަ ބެލުމަށް ކޮމިޓީއެއް އެކުލަވާލައިފި

ކުރިމިނަލް ކޯޓުގެގާޒީ އިބްރާޙީމް ޢަލީ އާއި ގުޅޭ ގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށައެޅިފައިވާ މައްސަލަ ބެލުމަށް ކޮމިޓީއެއް އެކުލަވާލައިފިއެވެ.
ޖޭއެސްސީ އިން ކޮމެޓީއެއް އެކުލަވާލައިފައި މި ވަނީ 17 މެއި 2020 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަންގެ މި އަހަރުގެ 36 ވަނަ ބައްދަލުވުމުންނެވެ. މި ބައްދަލުވުމުގައި ޖޭއެސްސީގެ 7 މެންބަރުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
ޖޭއެސްސީ އިން ބުނީ އެ ބައްދަލުވުމުގައި ކޮމިޝަންގެ ޤާނޫނުގެ 22.1 ވަނަ މާއްދާގެ (ބ) ގައިވާ ފަދައިން، މައްސަލަ ބެލުމާއި މެދު ގޮތެއް ނިންމައި ކޮމެޓީން ބެލުމަށްފަހު، އެ ބައްދަލުވުމަށް ހުށައެޅިފައިވާ މައްސަލަ ތަކުގެ ތެރެއިން ކޮމެޓީން ބަލަން ނިންމާފައިވާ ގާޒީ އިމްރާޙީމް ޢަލީގެ މައްސަލައިގެ ތަޙްޤީޤު ކޮމެޓީ އެކުލަވާލެވިފައިވާކަމަށެވެ.
މި ގޮތުން ތަޙްޤީޤު ކޮމެޓީ އެކުލަވާލެވުނީ ކޯޓު އަމުރު ނެރުމުގައި ޤާނޫނޫ އަސާސީއާއި ޚިލާފަށް ކުރިމިނަލް ކޯޓުގެގާޒީ އިބްރާޙީމް ޢަލީ ޢަމަލު ކޮށްފައިވާކަމަށް ބުނެ އެ ކޮމިޝަނަށް ހުށައެޅިފައިވާ މައްސަލަ ތަޙްޤީޤު ކުރުމަށް ކަމުގައި ޖޭއެސްސީއިން ވަނީ ވިދާޅުވެފައެވެ.
ކޮވިޑް19 އާއި ގުޅިގެން ކޮމިޝަންގެ މިއަހަރުގެ 36 ވަނަ ބައްދަލުވުން ބާއްވާފައި ވަނީ އޯޑިއޯ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ