"މުޞީބާތެއް ކުރިމަތިވުމުން ކެތްތެރިވެވޭނަމަ އެއީ އީމާންތެރިކަން ތިބާގެ ކިބައިގައި އެބަހުރި ކަމުގެ ޢަލާމާތެކެވެ. ތިބާގެ ވަށައިގެން ހިނގަމުންދާ ކަންބޮޑުވާ ކަންކަމަށް ކަންބޮޑު ނުވެ ކެތްތެރިވެވޭނަމަ އެއީ އީމާންކަން ފުރިހަމަވެފައިވާ ކަމުގެ ޢަލާމާތެކެވެ. އެހެނީ އެއިރުން އެއްވެސް މުޞީބާތަކީ ދާއިމަށް ދެމި އޮންނާނެ ކަމެއް ނޫންކަން ތިބާއަށް އެބަ ޔަޤީންކުރެވެއެވެ." 
- މުފްތީ މެންކް
"އެއްވެސް މުޞީބާތެއް، ތިމަންރަސްކަލާނގެ އެ މުޞީބާތެއް ވުޖޫދަށް ނެރުއްވުމުގެކުރިން ފޮތެއްގައި (އެބަހީ: اللوح المحفوظ ގައި) ލިޔުއްވާފައިވާ ޙާލު ގައި މެނުވީ، ބިމަށްވިޔަސް ނުވަތަ ތިއަބައިމީހުންގެ އަމިއްލަ ނަފްސްތަކަށްވިޔަސް އައިސް ނުޖެހެއެވެ. ހަމަކަށަވަރުން، އެކަންތަކަކީ ﷲ  އަށް ދާދިފަސޭހަ ކަމެކެވެ." (އަލް ޙަދީދް: 22) 
މިއާޔަތުން އެނގިގެންދަނީ ކޮންމެ މުޞީބާތެއްވެސް ވުޖޫދަށް ނެރުއްވުމުގެކުރިން ލައުޙޫލްމަޙްފޫޡް ގައި ލިޔުއްވާފައިވާ ޙާލު ގައި މެނުވީ، ބިމަށްވިޔަސް ނުވަތަ ތިއަބައިމީހުންގެ އަމިއްލަ ނަފްސްތަކަށްވިޔަސް އައިސް ނުޖެހޭނެ ކަމެވެ. މާނައަކީ ކޮންމެ މީހަކަށް ކޮންމެ ކަމެއްވެސް ކުރިމަތިވާނީ އެކަމަށް ﷲ ތަޢާލާ ކަނޑައަޅުއްވަވާފައިވާ މިންވަރަށް ކަމެވެ. 
ވީމާ މުޞީބާތުގެ ވަގުތުގައި އެއްވެސް މިންވަރަކަށް ކަންބޮޑުވުމެއް ނެތެވެ. އޮތީ ވަކީލްކުރުމެވެ. އެހެނީ އެމީހަކަށް ކުރިމަތިކުރެއްވެވުމަށް ލިޔުއްވިގެން ނުވާ އެއްވެސް ކަމެއް އެއްވެސް މީހަކާއި ކުރިމަތިނުވާނެކަން މިއާޔަތުން އެނގިގެންދާތީއެވެ. 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
    
    ކަންބޮޑުވެގެން ތިއައުޅެނީ ކީއްވެ؟ ލިޔުއްވިގެން ނުވާ އެއްވެސް ކަމެއް ތިބާ އާ ބައްދަލު ނުކުރާނެކަން ޤުރްއާނުން!
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
             
             
             
            