ހުޅުމާލެ 1 އާއި ހުޅުމާލެ 2 ގުޅުވައިދޭ ހުޅުމާލެ ޗެނަލް ޕާކުގެ މޫދަށް އޮއިވަރާ އެކު، ޖަމާވާ ކުނި މަދުކުރަން ދާ ޖެހުމުގެ މަސައްކަތް ފަށައިފި އެވެ.
އެޗްޑީސީން ސޯޝަލް މީޑިއާގައި ރޭ ކުރި ޕޯސްޓެއްގައި ބުނީ ދާ ޖަހަނީ ޗެނަލް ޕާކު ސާފުކޮށް ބޭއްވުމަށް އަދި ތަނުގެ ރީތިކަން ދެމެހެއްޓުމަށް ކަމަށެވެ.
އެ ސަރަހައްދުން މިދިޔަ ހޯމަ ދުވަހު ފެނުނު ކޯމަހާ އެކު، ޗެނަލް ޕާކުގެ ރީތިކަމުގެ ވާހަކަ ގިނައިން ދެއްކެވުނެވެ. ނަމަވެސް، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވީ ޖެހިގެން އައި ދުވަހު މުޅި މޫދު ޕްލާސްޓިކް ފުޅި އާއި ކުނިބުނިން ފުރާލާފައި އޮތުމުންނެވެ.
ހުޅުމާލެ 1 އަދި ހުޅުމާލެ 2 ގުޅާލާފައިވާ ބްރިޖަކީ ގިނަ ބަޔަކު ހިތްހަމަޖައްސާލަން ވެސް ދާ ސަރަހައްދެކެވެ. ހަވީރުގެ ވަގުތު އާއިލާތަކާއި ރަހުމަތްތެރިން ގްރޫޕު ހަދާލާފައި އެ ތަނުގައި ތިބެ އެވެ. ހާއްސަކޮށް، ރޯދަ މަހު ރޯދަ ވިއްލަން ބްރިޖު ދަށުގައި ފޮތިގަނޑު އަޅައިގެން ގިނަ މީހުން ތިބެ އެވެ.
އޮއިވަރާ އެކު ޖަމާވާ ކުނި މަދުކުރަން ހުޅުމާލޭގެ ޗެނަލް ޕާކް ކައިރީގައި ދާ ޖަހަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ