ދިވެހިރާއްޖެއިން ބޭރުގެ 3 ގައުމެއްގައި ތިބި 103 ދިވެހިން ދިވެހިރާއްޖެއަށް އަތުވެއްޖެއެވެ.
އެގޮތުން މިއަދު ހެނދުނު މިފަރާތްތައް ދިވެހިރާއްޖެއަށް ސްރީލަންކަން އެއަރލައިންސްގެ ފްލައިޓެއްގައެވެ.
މި ފްލައިޓްގައި ރާއްޖެ އައީ ބެލަރޫސް އަދި އިނގިރޭސިވިލާތުގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެއަށް އަންނަން ބޭނުންވި ފަރާތްތަކާއި، ސްރީލަންކާގައި މިވަގުތު ތިބި ދިވެހިންގެ ތެރެއިން ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދެމުން އައި ފަރާތްތަކެވެ.
ފޮރިން މިނިސްޓްރީން ބުނީ ލަންކާއިން ހަމައެކަނި ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތައް ގެނެސްފައިވަނީ ފްލައިޓްގައި ސީޓް ލިބެން ހުރީ ވަރަށް ލިމިޓެޑްކޮށްކަމަށްވާތީކަމަށެވެ.
މި ފްލައިޓްގައި ބެލަރޫސްއިން 48 ދިވެހިން، ޔޫކޭއިން 23 ދިވެހިން އަދި ލަންކާއިން 32 ދިވެހިން ވަނީ ދަތުރުކޮށްފައެވެ.
މި ފަރާތްތައް މިހާރު ވަނީ ކަރަންޓީން ފެސިލިޓީތަކަށް ބަދަލުކޮށްފައެވެ.
ތިން ގައުމެއްގައި ތިބި 103 ދިވެހިން އަނބުރާ ދިވެހިރާއްޖެއަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ