އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ސުޕްރީމް ކޯޓަށް އިތުރެއް ނުކުރެވޭނެ: ނަޝީދު

ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓަކު ޕްރައިމަރީން ބަލިވިޔަސް އިންތިހާބުގައި ވާދަކުރެވޭނެ ކަމަށް ކަނޑައަޅައި ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން މިއަދު ކުރި ހުކުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ފާޑު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ކޯޓުތަކުގެ އަގުވެއްޓި އިތުބާރު ގެއްލިދާ އެންމެ ބޮޑު އެއް ސަބަބަކީ ކޯޓުތަކުން އިންތިހާބު ތަކަށް ނުފޫޒު ފޯރުވުން ކަމަށެވެ.
ެރައީސް ނަޝީދު އިތުރަށް ވިދާޅުވީ މިއަހަރު ބާއްވާ މަޖިލިސް އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރުމަކީ ސުޕްރީމް ކޯޓަށް "އަމުދުން ކުރެވޭނެ ކަމެއް ނޫން" ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ