އޮޑިޓް ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހަށް އަމަލުކުރުން ފަސް ކުރުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ހައިކޯޓުން ނިންމައިފިއެވެ.
އޮޑިޓް ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އާ އޮޑިޓާ ޖެނެރަލެއް އައްޔަންކޮށްފައިވާއިރު އެ އިސްލާހަކީ ގާނޫނު އަސާސީއާއި ތައާރަޒުވާ އޮސްލާހެއް ކަމަށް ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމް ހައިކޯޓަށް ހުށަހަޅުއްވި މައްސަލައިގައި ބުނެފައިވެއެވެ. ނަމަވެސް ހައިކޯޓުން ނިންމާފައިވަނީ އެ އިސްލާހަށް އަމަލު ކުރުން ފަސްކުރަން އަންގާނެ ތަނެއް ނެތް ކަަމަށެވެ.
ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހީމް އެދިލެއްވި ގޮތަށް ވަގުތީ އަމުރު ނެރެދެވެން ނެތް ކަން އިއްޔެ ހައިކޯޓުން ވަނީ އޭނާ އަށް އަންގާފަ އެވެ.
ނިޔާޒު އެ މައްސަލަ ހުށަހެޅުއްވި އިރު އޮޑިޓާ ޖެނެރަލްގެ މަގާމަށް އައްޔަން ކުރެއްވުމަށްޓަކައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މަޖިލީހަށް ހުށަހެޅުއްވި ހ. އާހަމަ، ހަސަން ޒިޔާތު އަށް މަޖިލީހުން ރުހުންދިނުމާ ގުޅިގެން ރައީސް ޔާމީން ވަނީ ހަމަ އެދުވަހު އޭނާ އެ މަގާމަށް އައްޔަން ކުރައްވާފައެވެ.
އޮޑިޓް ގާނޫނަށް ގެނައި އިސްލާހަށް އަމަލު ކުރަން ފަސްކުރަން އެންގެން ނެތްކަމަށް ކޯޓުން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ