ރައްޔިތުން އިތުބާރުކުރި ބައެއް ގާނޫނީ ވަކީލުން ރައްޔިތުންނަށް ބޭވަފާތެރިވީ: އަމީން

ރައްޔިތުން އިތުބާރުކުރި ބައެއް ގާނޫނީ ވަކީލުން ކުރެއްވިކަމަކީ ގައުމު ފަސާދައިގެ ތެރެއަށް ވައްޓާލަން ރައީސް ޔާމީނަށް އެހީތެރިވެދީ ރައްޔިތުންނަށް ބޭވަފާތެރިވީކަމަށް ޖުމްހޫރީ ޕާޓީގެ ނާއިބް ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.
އަމީން އިބްރާހިމް މިހެން ވިދާޅުވީ "މައުމޫން ކުރެއްވި ކަމަކީ އެމަނިކްފާނު ދިފާއުކުރި މީހުންނަށް ބޭވަފާތެރިވީ"ކަމަށް ވިދާޅުވެ ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާއި ޝަކޫރު ދައްކަވާފައިވާ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.
އަމީން ވިދާޅުވީ ރައްޔިތުން އިތުބާރުކުރި ބައެއް ގާނޫނީ ވަކީލުން ކުރެއްވިކަމަކީ ގައުމު ފަސާދައިގެ ތެރެއަށް ވައްޓާލަން ރައީސް ޔާމީނަށް އެހީތެރިވެދީ ރައްޔިތުންނަށް ބޭވަފާތެރިވީކަމަށެވެ.
އަދި އެފަދަ ބައެއް ބޭފުޅުން ރައީސް ޔާމީންގެ ސަރުކާރުން ހިންގާ މުޑުދާރު ޖަރީމާތަކުގައި ބައިވެރިވާ މިންވަރު ރައްޔިތުންނަށް ނޯޅޭކަމަށާ އަދި ނުވެސް އޮޅޭނެކަމަށް އަމީން އިބްރާހިމް ވިދާޅުވިއެވެ.
ދައުލަތުގެ ކުރީގެ ބަންޑާރަ ނާއިބް އާޒިމާ ޝަކޫރު މިއަދު އެކަމަނާގެ ފޭސްބުކްގައި ލިޔުއްވާފައި ދިގު ސްޓޭޓަސްއެއްގައި ވިދާޅުވެފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު އެއްބަސްވުމެއްގައި ސޮއިކުރެއްވުމުން ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމަށް އެ ކުރެއްވުނު ކަމަކީ އެމަނިކުފާނު ދިފާއު ކުރަން ގުރުބާނީތައް ވީ އެތައް ބަޔަކަށް ބޭވަފާތެރި ވެވަޑައިގެންނެވުން ކަމަށެވެ.
އާޒިމާ ވިދާޅުވީ ރައީސް ޔާމީނު އިންތިހާބު ކުރެއްވުމަށް ރައީސް މައުމޫނު މަސައްކަތްކުރެއްވި ކަމަށާއި އެހެން ނަމަވެސް އެއީ ރައީސް މައުމޫނު ވިދާޅުވާހާ ކަމެއް ރައީސް ޔާމީނު ކުރައްވަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ