ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ނިހާދުގެ ކެންޑިޑެސީ ބާތިލްކޮށް ދިނުމަށް އެދި، އެ ޕްރައިމަރީގައި ނާކާމިޔާބުވެ ވަޑައިގެންނެވި އަލްހާން ފަހުމީ ހުށަހެޅުއްވި މައްސަލަ ސިވިލް ކޯޓުގައި ކުރިއަށް ގެންދަން އެ ކޯޓުން ނިންމުމުން އެމްޑީޕީން ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.
އެމްޑީޕީގެ ޓިކެޓްގައި ފޭދޫ ދާއިރާއަށް ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް އެމްޑީޕީން ބޭއްވި ޕްރައިމަރީގައި އޮޅުވާލުންތަކެއް ހުރި ކަމަށް ތުހުމަތުކޮށް، އެ ދާއިރާގެ މެމްބަރުކަން މިހާރު ވެސް ކުރައްވާ އަލްހާން ހުށަހެޅުއްވި މައްސަލަ ސިވިލް ކޯޓަށް ނުބެލޭނެ ކަމަށް އެމްޑީޕީން ބުނެ އެވެ. އެ ޕާޓީން ދަށު ކޯޓުގައި ބުނެފައި ވަނީ އެ މައްސަލަ ކޯޓަށް ހުށަހެޅީ ޕާޓީގެ އިސްތިއުނާފް ކޮމެޓީއަށް ހުށަނާޅާ ކަމަށާއި އެ ކޮމެޓީއަށް ހުށަހެޅުމެއް ނެތި ކޯޓަށް ހުށަނޭޅޭނެ ކަމަށެވެ.
އެނގިފައިވާ ގޮތުގައި ސިވިލް ކޯޓުގެ އެ ނިންމުން އިސްތިއުނާފް ކުރުމަށް އެމްޑީޕީން ހައި ކޯޓަށް ހުށަހެޅީ އިއްޔެގެ ވަގުތެއްގަ އެވެ.
އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމި ނިންމުމުގައި ވަނީ އެ މައްސަލަ ކޯޓުން ނުބެލޭނެ ކަމަށް ނިންމި ނަމަވެސް އެމްޑީޕީގެ އިސްތިއުނާފް ކޮމެޓީއަށް އަލުން ދިއުމުގެ ފުރުސަތު އަލްހާނަށް މިހާރު ނެތް ކަމަށެވެ. އެހެންކަމުން އެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި ނަމަ އިންސާފުން ޝަރީއަތް ކުރުމުގެ ހައްގު އަލްހާނަށް ގެއްލޭނެ ކަމަށް ސިވިލް ކޯޓުގެ ނިންމުމުގައިވެ އެވެ.
ފޭދޫ ދާއިރާގެ ޕްރައިމަރީގެ މައްސަލަ ކުރިއަށް ގެންދަން ނިންމުމުން އެމްޑީޕީން ހައި ކޯޓަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ