ގދ. ތިނަދޫ އިންޖީނުގޭގައި ރޯވެ އެއްކޮށް އަނދައި ހުލިވެއްޖެ، ކަރަންޓް ލިބޭނެ އިރެއް ނޭނގޭ

ގދ. ތިނަދޫގެ އިންޖީނުގެ ރޭ ދަންވަރު ރޯވެ އެއްކޮށް އަނދައި ހުލިވެއްޖެ އެވެ. ފެނަކަ ކޯޕަރޭޝަނުން ހިންގާ އެ އިންޖީނުގޭގައި ރޯވެ، އެތަނުގައި ހުރި ތިން ޖަނެރޭޓަރު ވެސް ވަނީ ބޭނުން ނުކުރެވޭވަރު ވެފައި ކަމަށް ތިނަދޫ ކައުންސިލްގެ މެމްބަރަކު މިއަދު ވިދާޅުވި އެވެ. އެއީ ޖުމުލަ 2.3 މެގަވޮޓުގެ ކަރަންޓެވެ. އަދި ތިން އިންޖީނުގެ ތެރޭގައި އެއް މެގަވޮޓުގެ ޖަނެރޭޓަރެއް ވެސް ހުއްޓެވެ.ތިނަދޫ އިންޖީނުގޭގައި ރޭ ދަންވަރު ރޯވެ، ގެއްލުންވެފައި. "ރަށުގައި މިހާރު ކަރަންޓެއް ނެތް. ކަރަންޓު ލިބޭނެ ދުވަހެއް ވެސް ނޭނގޭ،" ގާތްގަނޑަކަށް 10،000 މީހުން އުޅޭ ތިނަދޫގެ ކައުންސިލް މެމްބަރު ވިދާޅުވި އެވެ. ރޭ ދަންވަރު 2:30 ހާއިރު ހިނގި މި ހާދިސާގައި އަލިފާން ނިއްވާލެވޭވަރުވީ ފަތިހު އެވެ. ތިނަދޫ އިންޖީނުގޭގައި ރޭ ދަންވަރު ރޯވެ އަނދާފައި. ކައުންސިލް މެމްބަރު ވިދާޅުވި ގޮތުގައި ފުރަތަމަ އަލިފާން ރޯވީ، އިންޖީނުގެ ކައިރީގައި ހުރި ގުދަނެއްގަ އެވެ. އިންޖީނުގޭގެ ބޭނުމަކަށް ހަދާފައިވާ އެ ގުދަނުގައި ރޯވެ އަލިފާންގަނޑު އިންޖީނުގެއާ ހަމައަށް ފެތުރުނީ ކަމަށް ބައެއް މީހުންނާ ހަވާލާދީ ކައުންސިލް މެމްބަރު ވިދާޅުވި އެވެ. "އެހެން ރަށުގެ ބައެއް މީހުން ކިޔަނީ. އެކަން ބޮޑަށް ސާފުވާނީ ފުލުހުން މިހާރު އެ ކުރާ ތަހުގީގަށް ފަހު،" އޭނާ ވިދާޅުވި އެވެ."އިންޖީނުގޭގައި އަލިފާން ރޯވެފައި ހުރީ އިންޖީނު ރޫމުގެ ތެރޭގައި. އެހެންވެ އިންޖީނުތަކަށް އެހާވަރުވީ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ