ގާޒީ ބާރީގެ ފޮޓޯ ނަގައިގެން ހައްޔަރުކުރި އަޑުބަރޭ ދޫކޮށްލައިފި

ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުލްބާރީ ޔޫސުފްގެ ފޮޓޯއެއް ނެގި ކަމަށް ބުނެ
ހައްޔަރުކުރި ގައުމީ ފުޓްބޯޅަ ޓީމުގެ ކުުޅުންތެރިޔާ އައްސަދު އަލީ (އަޑުބަރޭ) މިރޭ ދޫކޮށްލައިފި އެވެ.އަޑުބަރޭ ބަންދުން ދޫކޮށްލީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އޭނާގެ ބަންދަށް ޖެހި 10 ދުވަސް މިއަދު ހަމަވުމުން، މުއްދަތު އިތުކުރަން ކޯޓަށް ގެންދިއުމުން އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނާތީ ކަމަށް ބުނެ އެވެ.އޭނާ ހައްޔަރުކުރީ ސައިކަލެއްގައި ދިޔަ
މީހަކު، ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ ބާރީގެ ފޮޓޯއެއް
ނަގައި، ބިރުދެއްކި ކަމަށް ބުނާ މައްސަލާގަ އެވެ. އެ މައްސަލަ ފުލުހުންނަށް
ހުށަހެޅީ ވެސް ގާޒީ ބާރީ އެވެ.މާޒިޔާގެ މިޑްފީލްޑަށް ކުޅޭ އަޑުބަރޭ
ހައްޔަރުކުރީ އޭއެފްސީ ކަޕްގައި އިންޑިއާގެ މޯހަންބަގާންއާ ދެކޮޅަށް އެ
ޓީމު ކުޅުމަށްޓަކައި އިންޑިއާ އަށް ފުރަން ހަމަޖެހިފައި އޮއްވަ އެވެ. ގާޒީ ބާރީ ޖަސްޓިސް ބިލްޑިން
ކައިރީގައި ހުންނަވަނިކޮށް "ހަވީރު" ން އޭނާގެ ފޮޓޯއެއްގެ ނެގުމުން
ކޯޓު މުވައްޒަފުން ވަނީ އެ ފޮޓޯ ޑިލީޓް ކުރުވައިފަ އެވެ. އަދި ވަކި އެއްޗެއް އަންގަންދެން އެ ކޯޓުތގެ އަޑުއެހުންތަކަށް ނުވަދެވޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ