އަނިޔާވެރިންގެ ނިމުން ހިތިވާނެ، ނާޒިމް ދޫކޮށްލާ: އަބްދުﷲ ރިޔާޒު

އަނިޔާވެރިންގެ ނުމުން ހިތިވާނެ ކަމަށް ވިދާޅުވެ، ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ދޫކޮށްލުމަށް ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ގޮވާލައްވައިފިއެވެ.
ކުރީގެ ކޮމިޝަނަރް އޮފް ޕޮލިސް އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރުކަންވެސް ކުރަށްވަމުން ގެންދަވާ އަބްދުﷲ ޒިޔާޒް މިހެން ވިދާޅުވީ ނާޒިމްގެ މައްސަލާގައި އދ ގެ ވޯކިން ގުރޫޕުން ނިންމި ނިންމުމާއި ގުޅިގެން ކުރެއްވި ޓްވިޓެއްގައެވެ.
ރިޔާޒު ވިދާޅުވީ އަނިޔާވެރިކަން އިސްކޮށްގެން ރައްޔިތުންގެ ރުހުން ނުލިބޭނެކަމަށާއި އަނިޔާވެރިންގެ ނިމުންވެސް ހިތިވާނެ ކަމުގައެވެ. އަދި ނާޒިމް ދޫކޮށްލުމަށްވެސް ރިޔާޒް ގޮވާލެއްވިއެވެ.Aniyaaverikan iskohgen rayyithunge ruhumeh nulibeyne, aniyaaveringe nimun hithivaane! Nazim dookollan jehey! https://t.co/XTaTDcwqg1— Abdulla Riyaz MP (@riyazabdulla) January 28, 2017ނާޒިމް ދޫކޮށްލުމަށް ރިޔާޒު ގޮވާލެއްވި އިރު، މިމައްސަލާގައި ސަރުކާރުން ބުނެފައިވަނީ ނާޒިމް ދޫކޮށްލިމަކީ ކުރެވޭނެ ކަމެއް ނޫން ކަމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ