ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ނުވަ ދުވަސް ވަންދެން ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު، މިއަދު ދޫކޮށްލައިފިއެވެ.
ގާސިމް ފުރަތަމަ އެޑްމިޓްކުރީ ޖުލައި 16 ވަނަ ދުވަހު މެޑިކާ ހޮސްޕިޓަލްގައި ނަމަވެސް އިތުރު ފަރުވާ ހޯއްދެވުމަށް ގާސިމް ރާއްޖޭން ބޭރަށް ވަޑައިގަތުމަށް އެއާޕޯޓަށް ގެންގޮސްފައިވަނިކޮށް، އެމަނިކުފާނުގެ ޕާސްޕޯޓް ހިފަހައްޓައި، ރާއްޖެއިން ބޭރަށް ފުރުން ވަނީ މަނާކޮށްފައެވެ. އެއަށްފަހު ޤާސިމަށް ފަރުވާ ދީފައިވަނީ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައެވެ.
ހިތްޕުޅުގެ އާލާސްކަންފުޅެއްގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ގާސިމް ރާއްޖޭން ބޭރަށް ގެންދިއުމުގެ ހުއްދަ އަށް އެދި ސްޕްރީމް ކޯޓަށާއި ކްރިމިނަލް ކޯޓަށް ވަނީ ހުށަހަޅާފައެވެ. އަދި ގާސިމް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ނުދިން މައްސަލަ ވަނީ އެޗްއާރްސީއެމަށްވެސް ހުށަހަޅާފައެވެ.
ގާސިމް ހޮސްޕިޓަލުން ދޫކޮށްލާފައިވާއިރު، ގާސިމްގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުމެއް މާދަމާއަށް ވަނީ ތާވަލުކޮށްފައެވެ.
ނުވަ ދުވަހަށް ފަހު ގާސިމް ހޮސްޕިޓަލުން ދޫކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ