ގާސިމް ބޭރަށް ފޮނުވާނެ އިރެއް އަދިވެސް ނޭނގޭ: އާއިލާ

ހިތުގެ އާލާސްކަންފުޅެއްގައި އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފައިވާ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ފޮނުވާނެ އިރެއް އަދިވެސް ނޭނގޭ ކަމަށް އޭނާގެ އާއިލާ އިން މިއަދު ބުނެފި އެވެ.
މާމިގިލީ ދާއިރާގެ މެމްބަރު ގާސިމްގެ އާއިލާގެ ފަރާތުން ވާހަކަ ދެއްކެވި، ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ސަމީރު ވިދާޅުވީ، ބޭސްފަރުވާ އަށް ގާސިމް ބޭރަށް ފޮނުވަން ކޯޓުން އަމުރުކުރިތާ ތިން ދުވަސްވީއިރު ވެސް އެކަށީގެންވާ ފަރުވާ ނުލިބި ގާސިމް އޮންނެވީ ސީރިއަސް ހާލަތުގައި ކަމަށެވެ. ގާސިމްގެ ފަރުވާ އަށް ވީހާވެސް އަވަހަކަށް ބޭރަށް ފޮނުވަން އެދި އާއިލާ އިން ދައުލަތުގެ އެކި މުއައްސަސާތަކުގައި އެދެމުން އަންނަ ކަމަށް ސަމީރު ވިދާޅުވި އެވެ.
"ކަރެކްޝަނަލް ސާވިސްއާ ވެސް އިއްޔެ އާއިލާ އިން ބައްދަލުކުރި، މިއަދު ހޯމް މިނިސްޓަރާ ބައްދަލުކުރަން އައިސް މިތިބީ،" ސަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އުއްމީދުކުރަނީ ވީހާވެސް އަވަހަށް ގާސިމް ބޭރަށް ފޮނުވުމުގެ އިންތިޒާމުތައް ހަމަޖައްސާނެ ކަމަށެވެ.
Gasim ge beysfaruvaage kanthah thah avahah hamajassan Home Minister angavaifi
Mihaaru
ރާއްޖެ އިން ކުރެވެން ނެތް އޮޕަރޭޝަނަކާއި ހެދެން ނެތް ޓެސްޓުތަކެއް ހަދަން، ގާސިމް ބެއްލެވި ޑޮކްޓަރުން ވަނީ ލަފާ ދެއްވައިފަ އެވެ. ގާސިމަށް އެ ފަރުވާ ވީހާވެސް އަވަހަކަށް ނުދެވިއްޖެ ނަމަ ފުރާނަ އަށް ނުރައްކާވުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް ޑޮކްޓަރުން ވަނީ ވިދާޅުވެފަ އެވެ. އޭގެ ތެރޭގައި ސަރުކާރުގެ ހޮސްޕިޓަލް އައިޖީއެމްއެޗުގައި ހުންނެވި، ހިތުގެ ހަމައެކަނި ޑރ. އަލީ ޝަފީގް ވެސް ހިމެނިވަޑައިގަންނަވަ އެވެ.
ރިޝްވަތުގެ ތުހުމަތުގައި ގާސިމަށް ތިން އަހަރުގެ ޖަލު ހުކުމެއް އިއްވީ ވެސް ބޭސް ފަރުވާ އަށް ފޮނުވައިދޭން އެދި އާދޭސްކުރަމުން އަންނަނިކޮށެވެ.
އެ ހުކުމް ތަންފީޒު ކުރަމުން ދިޔަ ނަމަވެސް ރާއްޖެ އިން ބޭރުން ހެދުމަށް ޑޮކްޓަރުން ލަފާދިން ޓެސްޓުތަކާއި ފަރުވާ ދިނުން ހުރަހަކަށް ވެގެން ނުވާނެ ކަމަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވެ އެވެ. އެހެންވެ އެ ޓެސްޓްތަކާއި ފަރުވާ ގާސިމަށް ރާއްޖެ އިން ބޭރުން ހޯދޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް ދައުލަތުގެ ކަމާ ބެހޭ އިދާރާތަކަށް ހުކުމުގައި ވަނީ އަމުރުކޮށްފަ އެވެ.
އެ އަމުރާ އެއްގޮތަށް ގާސިމްގެ ފަރުވާ ލިބޭނެ އިންތިޒާމްތައް ވީހާވެސް އަވަހަށް ހަމަޖައްސައިދޭން ހޯމް މިނިސްޓަރު އަހްމަދު އަޒްލީން ވަނީ މުއައްސަސާތަކަށް އަންގަވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ