މުޅި މާލެއިން ކަރަންޓު ކެނޑުނީ އިންޖީނުތަކުގެ އޮގްޒިލަރީއަށް ދިމާވި މައްސަލައަކާ ގުޅިގެން - ސްޓެލްކޯ

އިއްޔެ ހަވީރު މުޅި މާލެއިން ކަރަންޓް ކެނޑިގެން ދިޔައީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގައި ހުރި އެންމެބޮޑު 3 އިންޖީނުގެ އޮގްޒިލަރީއަށް ދިމާވި މައްސަލައަކާ ގުޅިގެން، އިންޖީނުތަކަށް ތެޔޮ ފޯރުވައިދިނުން ހުއްޓުމުން ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯގެ ސީނިއަރ އިންޖިނިއަރ އިބްރާހިމް ރައޫފް ވިދާޅުވީ އޮގްޒިލަރީއަށް ދިމާވީ ކޮން މައްސަލައެއްކަން ދެނެގަތުމަށް ސްޓެލްކޯގެ އިންޖިނިއަރުން މަސައްކަތްކުރަމުންދާ ކަމަށެވެ.
މާލެއިން ކަރަންޓް ކެނޑިފައިވަނީ ހަވީރު ފަހެއްޖަހާ ކަށްހާއިރުގައި ނަމަވެސް ސްޓެލްކޯއިން ވަނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެކި ސަރަޙައްދުތަކަށް ކަރަންޓް ދޭން ފަށާފައެވެ. އަދި އިރުއޮއްސި ހަތެއް ޖެހިއިރު، މުޅި މާލެއަށް ކަރަންޓްދީފައިވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ