ރައީސް އަބްދުﷲ ޔާމިން ސަރުކާރުގެ ފުރަތަމަ ހެލްތު މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާގެ ހިއްސާ އޮންނަ ކުންފުންޏަކުން އައްޑޫ ސިޓީގެ ހިތަދޫގައިި ހިންގާ ޕްރައިވެޓް ހޮސްޕިޓަލް އައިއެމްޑީސީން މިއަދު ކަރަންޓް ކަނޑާލައިފި އެވެ.
އައިއެމްޑީސީއަކީ އައްޑޫގައި ގިނަ ބަޔަކު ހިދުމަތް ހޯދާ އައްޑޫގެ އެންމެ ބޮޑު އަމިއްލަ ހޮސްޕިޓަލް އެވެ.
އައިއެމްޑީސީ ހިންގަނީ ޑރ. ޝަކީލާގެ ހިއްސާ އޮންނަ ސިމްޑީ ގުރޫޕުންނެވެ.
އައިއެމްޑީސީން މިއަދު ކަރަންޓް ކަނޑާލާފައިވާއިރު ހިތަދޫގައި ހުންނަ ސިމްޑީގެ ޝޯ ރޫމުން ވަނީ މިދިޔަ ބުދަ ދުވަހު ކަރަންޓް ކަނޑާލާފަ އެވެ.
މިތަންތަނުން ކަރަންޓް ކަނޑާލާފައިވަނީ ކަރަންޓް ބިލްތަކަށް ގެނައި ބަދަލާއި ގުޅިގެން މިދިޔަ ދެ މަހު ބިލް ނުދައްކާތީ ކަމަށް މައުލޫމާތު ލިބެ އެވެ.
ކަރަންޓް ކަނޑާލިއިރު އެ ހޮސްޕިޓަލްގައި އެދުމަތިކޮށްގެން 12 މީހަކަށް ފަރުވާ ދެމުން ދިޔަ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.
"މިގޮތަށް ކުއްލިއަކަށް ކަރަންޓް ކަނޑާލީމާ އެތައް ބަޔަކަށް މިވަނީ އެކަމުން ދަތިތަކެއް ކުރިމަތިވެފައި. އަނެއްކާ ބަލި މީހުން ތަކަކަށް ފަރުވާ ދެމުން ދަނިކޮށް ކަރަންޓް ކަނޑާލީ އިންސާނިއްޔަތު ކަމެއްވެސް ނެތެއް ނޫންތޯ،" އެ ހޮސްޕިޓަލުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ސިމްޑީގެ ތަންތަނުން ކަރަންޓް ކަނޑާލުމާއި ގުޅިގެން އެމައްސަލަ ކޯޓަށް ހުށަހަޅާ ކޯޓް އަމުރެއްގެ ދަށުން ކަރަންޓް ހިދުމަތް ލިބޭތޯ ސިމްޑީން ދަނީ މަސައްކަތް ކުރަމުންނެވެ.
ޑރ. ޝަކީލާގެ ހިއްސާ އޮންނަ ކުންފުންޏަކުން އައްޑޫގައި ހިންގަމުން ދިޔަ ތަންތަނުން ކަރަންޓް ކަނޑާލާފައި މިވަނީ މޭޑޭގެ ބޮޑު މުޒާހަރާގައި އެކަމަނާ ބައިވެެރިވެ ސަރުކާރާ ދެކޮޅަށް އަޑުއުފުލާފައި ވަނިކޮށެވެ.
ޑރ. ޝަކީލާގެ ހިއްސާ އޮންނަ އައްޑޫގެ އައިއެމްޑީސީ ހޮސްޕިޓަލުން ކަރަންޓް ކަނޑާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ