ފެނަކަ ކޯޕަރޭޝަނުން އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓް ދިނުމަށް ބޭނުންކުރާ ޖަނަރޭޓަރު ތަކަށް ލޯޑް ބޮޑުވެ މިރޭވެސް އައްޑޫގެ ބޮޑު ބަޔަކުން ކަރަންޓް ކަނޑާލައިފިއެވެ.
މިރޭ މިހާރަނަށް ކަރަންޓް ކަނޑާލާފައިވަނީ ހިތަދޫގެ ބައެއް ސަރަހައްދު ތަކުންނެވެ. ލޯޑް ބޮޑުވާ ގަޑިތަކުގައި އައްޑޫގެ ބައެއް ސަރަހައްދު ތަކުން ކަރަންޓް ކަނޑާލުމަކީ މިހާރު އާއްމު ކަމެކެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ރަކަންޓް ފޯރުކޮށްދޭ ޖަނަރޭޓަރުތަކަށް މައްސަލަތައް ދިމާވެ ކަރަންޓްގެ މައްސަލަ ހައްލު ނުވެ ދެމިގެންދާތާ މިހާރު މަސްތަކެއް ފާއިތު ވެއްޖެއެވެ.
އެ މައްސަލަ ހައްލުކުރުމަށް މިދިޔަ އަހަރުގެ ފަހުކޮޅުވެސް އައްޑޫ ސިޓީއަށްވަނީ ތިން ޖަނަރޭޓަރ ސެޓް ގެންގޮސްފައެވެ.
މިރޭވެސް އައްޑޫގެ ބޮޑު ބަޔަކުން ކަރަންޓް ކަނޑާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ