އަައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑިއްޖެ

ޖަނަރޭޓަރަކަށް މައްސަލަ ދިމާވެ، އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިއްޖެއެވެ.
އައްޑޫއަށް ކަރަންޓް ފޯރުކޮށްދެމުންދާ ކުންފުނި ފެނަކައިން ބުނީ، އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓުގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލަފައިވަނީ މައި އިންޖީނުގޭގެ ޖަނަރޭޓަރަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށެވެ.
އެހެންނަމަވެސް، ކަރަންޓު ކޮންމެހެން ބޭނުންވާ މުހިއްމު ތަންތަނަށް ކަރަންޓު ފޯރުކޮށްދޭނެ ކަމަށް ފެނަކައިން ބުނެއެވެ.#LiveUpdate:Mi kunfunin addu city ge gulhifaivaa rahthakka current foaru kohdhemundhaa Central Power station 1 generator dhimaavi technical masslaayakaa gulhigen current ge hidhumai vanee vaguthee gothun medhu kendifaye! 1/2— Fenaka Corporation (@TeamFenaka) April 11, 2018
އައްޑޫ ސިޓީއަށް ކަރަންޓުގެ މައްސަލަ ބޮޑުވެ ދޭތެރެ ދޭތެރެއިން ގުޅިފައިވާ ރަށްތަކުން އަންނަނީ ކަރަންޓު ކެނޑެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ