އަލަށް ގެންދިޔަ ހަތަރުސަތޭކަ ކިލޯވޯޓުގެ ޖަނަރޭޓަރުން ވެލިދޫއަށް ކަރަންޓް ދޭން ފަށައިފި

ޗެނަލް ތާރޓީންއަށް މައުލޫމާތު ދެއްވަމުން ނ އަތޮޅު ރީޖަނަލްގެ މެނޭޖަރ މުހައްމަދު ފާއިޒް ވިދާޅުވީ ވެލިދޫ ރައްޔިތުންނަށް ކަރަންޓު ދެމުން ދިޔައީ ހަތަރު އިންޖީނަކުން ކަމަށްވުމާއެކު އެއް އިންޖީނު ހަލާކުވުމުގެ ސަބަުން ރަށުގެ ރައްޔިތުންނަށް ބޭނުންވާވަރަށް ކަރަންޓު ދިނުމުގައި ދަތިތަކެއް ތަހައްމަލް ކުރަން ޖެހުނުކަމަށެވެ.ރަށުގެ ރައްޔިތުންނަށް ކަރަންޓް ފޯރުކޮށްދިނުމުގައި ބޭނުންކުރަމުން އައީ ދުއިސައްތަ ފަންސާސް ކިލޯ ވޯޓުގެ އިންޖިނަކާއި ތިންސަތޭކަ ކިލޯ ވޯޓުގެ ދެ އިންޖިނަކާއި، އަދި ސަތޭކަ ފަސްދޮޅަސް ކިލޯ ވޯޓުގެ އިންޖީނަކުން ކަމަށް ވިދާޅުވިއެވެ. އެގޮތުން ތިންސަތޭކައިގެ އެއް އިންޖީނު ހަލާކުވެ ކަރަންޓް ލޯރޑް ކުރުމުގައި ދަތިތަކެއް ކުރިމަތިލާން ޖެހުނުކަމަށް އޭނާ ވިދާޅުވިއެވެ.ފާއިޒު ވިދާޅުވީ ޖަނަރޭޓަރު އިންސްޓޯލް ކުރުމަށް ފަހު ބުރާސްފަތި ދުވަހުގެ އެގާރަގަޑި ފަނަރައިގައި ވަނީ ރަށު ރައްޔިތުންނަށް ބޭނުންވާ ކަރަންޓް ދޭން ފަށައިފާކަމަށް.ފާއިޒް ވިދާޅުވީ މި ޚިދުމަތާއެކު ރަށުގެ ރައްޔިތުންނަށް އެއްވެސް ދަތިކަމެއް ނެތި ސައުވީސް ގަޑިއިރު ކަރަންޓުގެ ޙިދުމަތް ލިބިގެންދާނޭކަމަށެވެ.މީގެ އިތުރުން ފެނަކަ ކޯޕަރޭޝަނުން ވަނީ ގއ މާމެންދޫ ގެންސެޓް ޑައިނަމޯ ސާރވިސް ކޮށް ސީލް ބަދަލުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. އަދި މީގެއިތުރުން ނ. މާފަރުގައި ސަތޭކަ ބާރަ ކިލޯ ވޯޓުގެ އިންޖީން ޑައިނަމޯ އިންސްޓޯލް ކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް އެކުންފުނިން މައުލޫމާތުދެއެވެ. އަދި މީގެ އިތުރުން މި މަހު އެކާވީސް ވަނަ ދުވަހު ގދ ތިނަދޫ އަށް ގެންދިޔަ އެއްހާސް ކިލޯ ވޯޓުގެ ޖަނަރޭޓަރުގެ މަސައްކަތްވެސް ބާރަށް ކުރިއަށްދާކަން ފާހަގަ ކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ