ރައީސް މައުމޫނުގެ 30 އަހަރަށް ރައްޔިތުން ތާއިދު ކުރޭ

ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމުގެ 30 އަހަރުގެ ވެރިކަމަށް ރައްޔިތުން އަދިވެސް ތާއިދު ކުރާ ކަމަށާއި ޕީޕީއެމުގެ ކާމިޔާބީތަކުގެ އަސްލަކީ އެއީ ކަމަށް ދޭހަވާ ގޮތަށް އެޕާޓީގެ ކެންޑިޑޭޓު އަބުދުﷲ ޔާމީން ވާހަކަފުޅު ދައްކަވައިފިއެވެ.
އިންތިހާބުގައި ވާދަ ކުރުމަށް ފޯމު ހުށަހެޅުއްވުމަށްފަހު ނުކުމެވަޑައިގެން 30 އަހަރުގެ ސަރުކާރަށް ގައުމާއިގެން ކޯލިޝަނުގެ ރަނިންމޭޓު އަހުމަދު ތަސްމިނު އަލީ ވިދާޅުވެފައިވާ ފާޑު ކިޔުންތަކަށް ރައްދު ދެއްވަމުން ޔާމީން ވިދާޅުވީ ރައީސް މައުމޫނުގެ 30 އަހަރުގެ ކަންތައްތަކަށް ފާޑު ކިޔައިގެން ގައުމުގައި މިހާރު ހުރި މައްސަލަތަކަށް ހައްލު ނުލިބޭނެ ކަމަށެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހަށް ބަލައިރު ސައްހަ މެންބަރުން އެންމެ ގިނައީ އަދި ބައިއިލެކްޝަން ތަކަށް ބަލައިރު ވެސް އެންމެ ކާމިޔާބީ 30 އަހަރުގެ ބާނީ ރައީސް މައުމޫނު އުފެއްދެވި ޕީޕިއެމުގައި ކަމަށެވެ. އަދި މިހާރު ކުރިއަށްދާ ކަންތައްތަކަކީ ވެސް އޭގެތެރެއިން ދާ ކަންތައްތައް ކަމަށާއި އަދިވެސް ރައްޔިތުންގެ ބޮޑު ބައެއްގެ ތާއިދު އެބައޮތް ކަމަށެވެ.
30 އަހަރުގެ ތަރުބިއްޔަތު ލިބިގެން 2008 ވަނަ އަހަރު އިންތިހާބުގައި ރައީސް މައުމޫނުގެ ރަނިންމޭޓެއްގެ ގޮތުގައި ތަސްމީނު ވާދަ ކުރެއްވި ކަމަށާއި އޭރު އެވަރެއް ނެތިފައި މިއަދު އެގޮތަށް ވާހަކަ ދެއްކެވުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.
ގައުމައިގެން ކޯލިޝަނުން ޖަގަހައެއް ހުޅުވުމަށް ރޭބޭއްވި ޖަލްސާގައި ރައީސް މައުނޫގެ 30 އަހަރު ސަރުކާރުގެ އެކި މަގާމުތައް ފުރުއްވި އަދި 2008 ވަނަ އަހަރު ރަނިންމޭޓެއްގެ ގޮތުގައި ނުކުމެވަޑައިގެންނެވި ތަސްމީނު ވިދާޅުވީ 30 އަހަރަށް ރައްޔިތުން ނޫނެކޭ ބުނެފައިވާ ކަމަށާއި ދެން އެ 30 އަހަރު ބޭނުން ނުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ