މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ އިންތިހާބު މިއަދު ހަވީރު ބާއްވަން ނިންމައިފި އެވެ.
އެމއެމްސީގެ އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ މިއަދު ހަވީރު 04:00 އިން 05:00 އަށް ސޯޝަލް ސެންޓަރު ގައެވެ.
އެމްއެމްސީގެ އިންތިހާބުގައި މީޑިއާ ތަކުން ތަމްސީލުކުރާ އަށް މަގާމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން 14 ފަރާތެއްގެ ނަން މިނިސްޓްރީން އާއްމުކޮށްފައިވާއިރު އާއްމު ފަރާތްތަކުން ތަމްސީލުކުރާ ހަތް މަގާމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން 14 ފަރާތެއްގެ ނަމާއި ކެންޑިޑޭޓް ނަންބަރުވެސް ވަނީ އާއްމުކޮށްފަ އެވެ.
މީޑިއާ ކައުންސިލްގެ އިންތިހާބު އެންމެ ފުރަތަމަ ބާއްވަން ނިންމީ މިދިޔަ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ. ނަމަވެސް އިންތިހާބަށް ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުސަތުގައި ހުށަހަޅާފައިވާ ފޯމުތަކުގައި ގިނަ އަދެދެއްގެ މައްސަލަތައް ހުރުމާއެކު، އެކަމާ ގުޅިގެން ގިނަ އަދަދެއްގެ ޝަކުވާ ހުށަހަޅާފައިވާތީ ހޯމް މިނިސްޓްރީން ވަނީ މިމަހުގެ 20 ވަނަ ދުވަހަށް އިންތިހާބު ފަސްކޮށްފަ އެވެ.
މިއަދު ބާއްވާ އެމްއެމްސީ އިންތުހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 59 ފަރާތަކަށެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލަށް އިންތިހާބު ކުރާނީ ޖުމްލަ 15 މެންބަރުންނެވެ. އެއީ މީޑިއާ ތަކުން ހޮވާ އަށް މީހުންނާ އާންމުންގެ ފަރާތުން އިންތިހާބުކުރާ ހަތް މީހުންނެވެ. މި އިންތިހާބުގައި ވާދަކުރުމަށް 40 ފަރާތަކުން މިހާރު ވަނީ ކުރިމަތިލާފަ އެވެ.
އެމްއެމްސީގެ އިންތިހާބު މިއަދު ހަވީރު ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ