ދެ ބައި އިލެކްޝަނުން ޕީޕީއެމް ފިލާވަޅު ހޯދަންޖެހޭ: މައުމޫން

އައްޑޫސިޓީ ކައުންސިލްގެ ފޭދޫ ދައިރާ އާއި މިއަދު ވޯޓް ނެގި މ. ކޮޅުފުށި ކައުންސިލުގެ ބައި އިލެކްޝަންގެ ނަތީޖާއިން ޕީޕީއެމް ފިލާވަޅު ލިބިގަންނަންޖެހޭ ކަމަށް ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ކޮޅުފުށީ ބައި އިލެކްޝަންގައި ވެސް މިއަދު އެމްޑީޕީއާ ވާދަކޮށް ބަލިވެފައި ވަނިކޮށް ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ފޭދޫ އާއި ކޮޅުފުށި ބައި އިލެކްޝަންގެ ނަތީޖާއިން ޕީޕީއެމް ފިލާވަޅެއް ލިބިގަންނަންޖެހޭ ކަމަށާއި އެ ފިލާވަޅު ޕީޕީއެމުން ލިބިގަންނާނެ ކަމަށެވެ.
ކޮޅުފުށީ ބައި އިލެކްޝަންގައި ޕީޕީއެމްގެ ކެންޑިޑޭޓް މުހައްމަދު ނަސީރާ ވާދަކުރި އެމްޑީޕީ ކެންޑިޑޭޓް ހުސެއިން ޝާމިލު އެ ގޮނޑި ކާމިޔާބު ކުރީ 356 ވޯޓުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ