އެހެން އަހަރުތަކަށްވުރެ ކުލަގަދަކޮށް ހަވީރު ސްޕޯޓްސް އެވޯޑް މާދަމާރޭ ބާއްވަނީ

ރާއްޖޭގައި އެންމެ ކުލަގަދަކޮށް ބާއްވާ ކުޅިވަރުގެ އެވޯޑް ދިނުމުގެ ޙަފްލާ ކަމަށްވާ ހަވީރު ސްޕޯޓްސް އެވޯޑް މާދަމާރޭ ދަރުބާރުގޭ ރަންނަ ބަނޑޭރި މާލަމުގައި އޮންނާނެ އެވެ.
ތިން ކުޅިވަރަކުން މަގާމުތައް ހޮވާ މި އެވޯޑްގައި މިފަހަރު މަގާމުތައް ހޮވާ ކުޅިވަރުތަކަކީ ފުޓްބޯޅަ، ވޮލީ އަދި ބާސްކެޓެވެ. މީގެ ކުރިން ނެޓްބޯޅައިގެ އެންމެ މޮޅު ކުޅުންތެރިޔާ ހޮވި ނަމަވެސް މިފަހަރު މި މަގާމު ނުހޮވާ ގޮތަށް ވަނީ ހަމަޖައްސާފައެވެ. ނަމަވެސް މިފަހަރު އިތުރު އެވޯޑްތަކެއް ވަނީ ހިމަނާފައެވެ. އެގޮތުން ފުޓްބޯޅައާއި ވޮލީ އަދި ބާސްކެޓްގެ އެންމެ އުއްމީދީ ކުޅުންތެރިން ހޮވާ ގޮތަށް ވަނީ ހަމަޖައްސާފައެވެ. ފުޓްބޯޅަ ފިޔަވާ އަނެއް ދެ ކުޅިވަރުން އަންހެން އަދި ފިރިހެން ވަކިން އެންމެ ޒުވާން ކުޅުންތެރިން ހޮވާ އެވޯޑް ދޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.
ވޮލީ އާއި ބާސްކެޓާ ޚިލާފަށް ފުޓްބޯޅައިގައި އެންމެ މޮޅު ރެފްރީ އާއި އެންމެ މޮޅު ކޯޗުވެސް ހޮވާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ