ކޯޓުން ޝުކޫރުގެ ބަންދަށް ފަނަރަދުވަސް އިތުރުކޮށްދީފި

ވިލިމާލޭގައި 16 އަހަރުން ދަށުގެ އަންހެން ކުއްޖަކާއެކު ގަދަކަމުން ގެއަކަށް ވެއްދުމަށްފަހު ރޭޕްކުރި މައްސަލައިގައި ބަދުއަޚްލާޤީ ޢަމަލު ހިންގިކަމަށް ތުހުމަތު ކުރެވޭ މީހާގެ ބަންދުމުއްދަތަށް ކޯޓުން ފަނަރަ ދުވަސް އިތުރު ކޮށްދީފިއެވެ.
އެމައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގ. ރެޑްކޮރަލް، މުޙައްމަދު ޢަބްދުއް ޝަކޫރު 33، އެވެ.
މި މުހައްމަދު އަބުދުއްޝަކޫރު އަކީ ކުށުގެ ރެކޯޑް އޮންނަމީހެއްކަމުގައި ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު ދެ ކުދިން ތިބި ޝުކޫރުގެ 2009 ވަނަ އަހަރު ވެސް ކުޑަކުއްޖަކާ ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގި މައްސަލައެއް ހިމެނެ އެވެ. އަދި ބަދުއަޚުލާގީ މައްސަލައިގެ އިތުރުން މަސްތުވާތަކެއްޗާއި މާރާމާރީ އާއި ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުގެ މައްސަލަތައް ވެސް ހިމެނެ އެވެ. އަދި ފުލުހުންގެ ވާޖިބަށް ހުރަސް އަޅައިގެން ވެސް އޭނާ ހައްޔަރުކޮށްފައި އެބަހުރިކަން ފުލުހުން ކަށަވަރު ވެސްކޮށްދީފައިވެ އެވެ.
މިފަހަކަށް އައިސް ކުށުގެ ރެކޯޑް އޮންނަމީހުނާ އެކިއެކި ކުށްކުށުގައި ހުކުމް ތަންފީޒް ކުރަމުންދާމީހުން މުޖުތަމަޢުގެ ތެރޭގައި މިނިވަންކަމާއެކު މިފަދަ ބޮޑެތިކުށްތައް ކުރަމުންދާދިއުން ގިނަވެފައިވާތީ އާއްމުން ވަނީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައިކަން ވަނީ ފާހަގަ ކުރެވިފައެވެ.
ފުލުހުން ބުނީ އެ އަންހެން ކުއްޖާ ރޭޕްކޮށްފައިވަނީ މެންދުރު 1 ޖަހާކަންހާއިރު އޭނާގެ ފިރިހެން ކޮއްކޮ އާއިއެކު ދަނިކޮށް ގަދަކަމުން ގެއެއްގެ ތެރެއަށް ވެއްދުމަށްފަހު ފިރިހެން ކުއްޖާ އާއި އަންހެން ކުއްޖާ އާއި 2 މީހުން ދެކޮޓަރިއަކަށް ވެއްދުމަށްފަހު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ