ދަރަންޏާއި ގުޅޭގޮތުން އަހުމަދު ދެއްކެވީ ސައްހަ ނޫން ވާހަކަތަކެއް

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓުގައި ދަރަނީގެ ހިދުމަތާއި ދަރަނި އަދާކުރަން ކަނޑައަޅާފައިވާ ފައިސާ އާއި ބެހޭގޮތުން ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހްމަދު ރަޝީދު ސައްހަނޫން ވާހަކަތަކެއް ދައްކަވައިފިއެވެ.ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓު ރިޕޯޓާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަހްމަދު ރަޝީދު ވިދާޅުވީ އަންނަ އަހަރަށް އަންދާޒާކޮށްފައިވާ އާމްދަނީގެ ދެބައިކުޅަ އެއްބައި ހަރަދުކުރަން ޖެހެނީ ކުރިން ނަގާފައި ހުރި ލޯނުތައް ދައްކަން ކަމަށެވެ. އަދި ބަޖެޓުގެ 4 ބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ބަޔަކީ ޑެފިސިޓުކަމަށް އަހްމަދު ވިދާޅުވިއެވެ.އަންދާޒާކޮށްފައިވާ އާމްދަނީގެ ދެބައިކުޅަ އެއްބައި ހަރަދު ކުރަން ޖެހެނީ ކުރިން ނަގާފައި ހުރި ލޯނުތައް ދައްކަން ކަމަށް އަހްމަދު ވިދާޅުވި ނަމަވެސް އަންނަ އަހަރުގެ ބަޖެޓުގައި ލޯނު ދެއްކުމަށާއި ލޯނުގެ ހިދުމަތް އަދާކުރަން ކަނޑައަޅާފައިވަނީ 4.03 ބިލިއަން ރުފިޔާއެވެ. އެއީ އަންނަ އަހަރަށް ލަފާކޮށްފައިވާ އާމްދަނީގެ 22 އިންސައްތައެވެ. އަދި އެ ފައިސާ އަކީ ކުރިން ނަގާފައި ހުރި ލޯނުތަކަށް ފައިސާ ދައްކަން ބަޖެޓުގައި ޖެހިފައިސާ ކަމަށް އަހްމަދު ވިދާޅުވި ނަމަވެސް، ބަޖެޓު ފޮތުގައި ވާގޮތުން ދަރަނީގެ ހިދުމަތް އަދާކުރަން ފައިސާ އިތުރު ކުރަން ޖެހުނީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ޑެފިސިޓް ބޮޑުވުމުންނެވެ. މީގެ ކުރިން ރައީސް ނަޝީދުވެސް ވަނީ ހަމަ މިމޭރުމުން ދަރަންޏާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައިކަން ފާހަގަކުރެވެއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ