ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ބޯޑުގެ ޗެއަރޕަރސަންގެ މަގާމަށް އާމިނަތު ގާސިމް އައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހް، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ ގަވަރނިންގ ބޯޑް އެކުލަވައިލައްވައި، އެ ބޯޑަށް މެންބަރުން އައްޔަންކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ގަވަރނިންގ ބޯޑް، ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހް މިއަދު އެކުލަވާލައި އެ ބޯޑުގެ މެމްބަރުކަމަށް 6 ބޭފުޅަކު އައްޔަންކުރައްވާފައިވާ ކަމަށެވެ.
އެ ބޯޑްގެ ޗެއަރޕަރސަންގެ މަގާމަށް އައްޔަންކުރެއްވީ ތައުލީމީ ދާއިރާގައި ގިނަ ދުވަހު ހިދުމަތްކުރެއްވި، ކުޅުދުއްފުށީ/ތަރި، އާމިނަތު ގާސިމެވެ.
ބޯޑަށް އައްޔަންކުރެއްވި 6 މެމްބަރުން
އާމިނަތު ޤާސިމް (ތަރި، ހދ. ކުޅުދުއްފުށި) - އާންމުގެ ތެރެއިންޑޮކްޓަރ އާމިނަތު ނަޛީރު (މ. ކެލްވީނިއާ) - ސިއްހީ ދާއިރާމުއުމިނާ ޢަބްދުﷲ (ޒީނިޔާ، ދޫޑިގަން، ޏ. ފުވައްމުލައް) - މިނިސްޓްރީގެ ފަރާތުންޙަސަން ޝުޖާޢު (ހަނީމޫން، ހދ. ކުޅުދުއްފުށި) - ފައިނޭޝިއަލް ދާއިރާޢަބްދުއްލަޠީފް ހަސަން (މަޝާއިރު، ހދ. ކުޅުދުއްފުށި) - ކައުންސިލް ފަރާތުންއަޙްމަދު ދާއޫދު (ރޯމާ، ހދ.ކުޅުދުއްފުށި) - މެނޭޖަރ އޮފް ހެލްތް ސާވިސަސް
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް މިނިސްޓްރީގެ ދަށުން ވަކިކުރުމަށްފަހު އެހޮސްޕިޓާ ވަކި ގަވާނިންގ ބޯޑެއްގެ ދަށުން ހިންގުމަށް ރައީސް ސޯލިހް ނިންމެވީ ހޮސްޕިޓަލުގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުންނެވެ.
އަތޮޅުތެރޭގެ އެންމެ ގިނަ މީހުން ހިދުމަތް ހޯދައި މި ހޮސްޕިޓަލްގެ މެނޭޖަރ އޮފް ހެލްތް ސާވިސަސްގެ މަގާމުގައި ހުންނެވީ އަހުމަދު ދާއޫދެވެ.
ތަފްސީލް އަންނަނީ--
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ