އޮޅުވާލައިގެން އެތެރެކުރި ދެ ލޯންޗުގެ ޑިއުޓީ އަށް ސަލްޓަންސް އިން 110 މިލިއަން ދައްކަންޖެހޭ: ސުޕްރީމް ކޯޓް

ސަލްޓަންސް އޮފް ދަ ސީސް އިން ރާއްޖެ އަށް އުޅަނދެއް އެތެރެކުރުމުގައި މައުލޫމާތު އޮޅުވާލައި ކަސްޓަމްސް ޑިއުޓީ އަށް މަކަރު ހެދި މައްސަލާގައި ދައުލަތަށް 110.2 މިލިއަން ރުފިޔާ ދައްކަން ނުޖެހޭ ކަމަށް ހައި ކޯޓުން ކޮށްފައިވާ ހުކުމް ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.
ރިއާސަތުގައި ފަނޑިޔާރު އަލީ ރަޝީދު އިންނަވައި އިއްވެވި ހުކުމުގައި، ސަލްޓަންސް އިން ދެ އުޅަނދުގެ އަސްލު އޮޅުވާލައި އޭގެ އަގު ވެސް އޮޅުވާލިކަން ކަސްޓަމްސްގެ ހޯދުންތަކުން އެނގިފައިވާކަން ފާހަގަކޮށްފައިވެ އެވެ. ސަލްޓަސް އިން ބުނެފައިވަނީ އެ ދެ އުޅަނދަކީ ހަ އަހަރު ބޭނުންކޮށްފައިވާ ބާ އުޅަނދުތަކެއް ކަމަށް ބުންޏަސް އެއީ ދޮގެއްކަން ހުކުމުގައި ބުނެފައިވެ އެވެ. މި މައްސަލާގައި ސިވިލް ކޯޓުން ކުރި ހުކުމް ރަނގަޅު ކަމަށާއި ހައި ކޯޓުން އެ ހުކުމް ބާތިލްކުރީ ރަނގަޅަށް ނޫން ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.
(ތަފްސީލް އަންނަނީ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ