ޑރ. ހަސަންގެ ރަނިންމޭޓަކަށް ޑރ. ޝަހީދު ހަމަޖައްސަވައިފި

ކުރިއަށް އޮތް ރިއާސީ އިންތިޚާބުގައި އަމިއްލަފުޅު ގޮތުން ވާދަކުރައްވާނެ ކަމަށް އިއުލާންކުރައްވާފައިވާ ކުރީގެ ބަންޑާރަ ނާއިބު ޑރ. ހަސަން ސައީދު އޭނާގެ ރަނިންމޭޓަކަށް ކުރީގެ ޚާރިޖީ ވަޒީރު ޑރ. އަހްމަދު ޝަހީދު މީގެ ކުޑައިރުކޮޅެއް ކުރިން ހަމަޖައްސަވައިފި އެވެ.
ހ. ލަންޗް މީޑްގައި ހުންނަ ޑރ. ހަސަންގެ ކެމްޕޭން ހަރުގޭގައި މިރޭ ބޭއްވި ބައްދަލުވުމުގައި ރަނިންމޭޓް އިއުލާންކުރެއްވުމުގެ ކުރިން ވާހަކަ ދައްކަވަމުން ޑރ. ހަސަން ވިދާޅުވީ، މިހާރު އޮތް ސަރުކާރު ބަދަލުކޮށްގެން މެނުވީ ރައްޔިތުންގެ ހައްގުތައް ފުރިހަމަ ގޮތުގައި ނުލިބޭނެ ކަމަށެވެ. އަދި ވެއަތުވެ ދިޔަ 30 އަހަރުގެ ތެރޭގައި ރާއްޖޭގައި އުފެދިގެން ދިޔަ ބައެއް މައްސަލަތަކުގެ މައްޗަށް އަލިއަޅުވާލެއްވި އެވެ.
ޑރ. ހަސަންގެ ރަނިންމޭޓް އިއުލާންކުރުމުގެ ގޮތުން މިރޭ ބޭއްވި ބައްދަލުވުމުގައި އެމްޑީޕީގެ އެއް މުއައްސިސް ކަމަށްވާ ގޯގޯ ލަތީފް އާއި އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ސޮލާހު ޝިހާބުގެ އިތުރުން އާންމުންގެ ގިނަ އަދަދެއްގެ ބަޔަކު ވެސް ބައިވެރިވި އެވެ.
ކުރިއަށް އޮތް ރިއާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވެފައިވާ ބޭފުޅުންގެ ތެރެއިން މިހާތަނަށް ރަނިންމޭޓް އިއުލާންކުރައްވާފައިވަނީ، ޑީއާރްޕީގެ ރިއާސީ ކެންޑިޑޭޓް އަދި ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް އާއި އަމިއްލަފުޅު ގޮތުން ވާދަކުރައްވާ ޑރ. ހަސަން ސައީދު އެވެ. ޑީއާރްޕީގެ ރިއާސީ ކެންޑިޑޭޓްގެ ރަނިންމޭޓަކަށް ހަމަޖައްސަވާފައިވަނީ، އެ ޕާޓީގެ އެއް ނާއިބު ޒައީމް އަދި އެޓޯލްސް މިނިސްޓަރ އަހްމަދު ތަސްމީން އަލީ އެވެ.
42: 22
ކުރިއަށް އޮތް ރިއާސީ އިންތިޚާބުގައި އަމިއްލަފުޅު ގޮތުން ވާދަކުރައްވާނެ ކަމަށް އިއުލާންކުރައްވާފައިވާ ކުރީގެ ބަންޑާރަ ނާއިބު ޑރ. ހަސަން ސައީދު އޭނާގެ ރަނިންމޭޓަކަށް ކުރީގެ ޚާރިޖީ ވަޒީރު ޑރ. އަހްމަދު ޝަހީދު މީގެ ކުޑައިރުކޮޅެއް ކުރިން ހަމަޖައްސަވައިފި އެވެ.
(ތަފްސީލު އަންނަނީ...)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ