ފައިސާ ދޫކުރަން ދިނީ ރަނގަޅު ލަފައެއް ނޫންނަމަ އެ ލަފާ އޭޖީއަށް ބަދަލު ކުރެވޭނެ: އުޝާމް

ފައިސާ ދޫކުރަން ކުރީން ދިނީ ރަނގަޅު ލަފައެއް ނޫންނަމަ އެ ލަފާ އެޓާނީ ޖެނެރަލް އަށް ބަދަލު ކުރެއްވޭނެ ކަމަށް ރައްޔިތުން މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އުޝާމް މިހެން ވިދާޅުވީ ބިޒްނަސް އިމޭޖް ގްރޫޕް (ބިގް) އަށް ފައިސާ ދޫކުރީ އުޝާމްގެ ލަފާގެ މަތީން ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު މިއަދު މަޖިލީހުގައި ވިދާޅުވުމުންނެވެ. ރިފްއަތު މިހެން ވިދާޅުވެފައިވަނީ ކާށީދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
މިކަމާ ގުޅިގެން އުޝާމް ވިދާޅުވީ ބިގް ކުންފުންޏަށް އޭރުގެ އެމްބީސީން ފައިސާ ދައްކަން ސިވިލް ކޯޓުން ކުރި ހުކުމް ނިހާއީ ހުކުމަކަށް ބަދަލުވެފައި ވަނިކޮށް ޕްރައިވަޓައިޒޭޝަން ބޯޑުގެ އެދުމަށް ހުކުމާއި އެއްގޮތަށް ޕީއެސްއެމުން ފައިސާ ދައްކަން ޖެހޭ ކަމަށް ލަފާ ދީފައިވާނެ ކަމަށެވެ. އަދި އެ ލަފަޔަކީ ރަނގަޅު ލަފައެއް ނޫންނަމަ އޭނާ ދީފައިވާ އެހެން ލަފާތައް މިހާރުގެ އޭޖީ ރިވިއު ކުރައްވައި ބަދަލު ކުރެއްވި ފަދައިން، ބަދަލު ކުރެއްވޭނެކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވެސް އުޝާމް ވިދާޅުވިއެވެ.
އުޝާމް އިތުރަށް ވިދާޅުވީ، އޭނާ ދެއްވި ލަފާ އޭޖީން ބަދަލުކޮށްފައި ނުވަނީ އެ ލަފަޔަކީ ރަނގަޅު ލަފަޔެއް ކަމަށް ގަބޫލުކުރައްވާތީ ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ