މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ތަނަވަސް އަގުލަބިޔަތަކުން ގުރައިދޫ ދާއިރާ ގޮނޑި ކާމިޔާބު ކުރެއްވި ޢައްސާން މައުމޫން، އޭނާއަށް ލިބުނު ކާމިޔާބީއާއެކު އުފާފާޅުކުރުމަށް، އިއްޔެ ގުރައީދޫ ދާއިރާއަށް ވަޑައިގެންފިއެވެ.
ގުރިދޫ ދާއިރާގެ ހުރިހާ ރަށަކަށް ވަޑައިގެން ޢައްސާން ވަނީ ދާއިރާގެ ރައްޔިތުންނާ ބައްދައްލު ކުރައްވާފައެވެ. މިއިން ކޮންމެ ރަށަކުން ޢައްސާނަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
ދާއިރާގެ ތިން ރަށް ކަމަށްވާ ދިޔަމިގިލި، ގުރައިދޫ އަދި ގާއްދިފުށީގައިވެސް އުފާ ފާޅުކުރުންތައް ކުރިއަށް ދާއިރު، ގިނަ އަދަދެއްގެ ރައްޔިތުން ދަނީ މި އުފާފާޅުކުރުމުގައި ބައިވެރިވަމުނެވެ. މީގެ އިތުރުން ދާއިރާގެ ހުރިހާ ރައްޔިތުނަށް ބައިވެރިވެވޭގޮތަށް ބޮޑު ޖަލްސާއެއް ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ.
ގުރިދޫ ދާއިރާގެ ވަގުތީ ނަތީޖާއިން ދައްކާގޮތުން އެންމެ މަތީގައި އުޅުއްވަނީ ޕީޕީއެމް ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫނެވެ.
މި ދައިރާއަށް ވާދަކުރި މެންބަރުންގެ ވަގުތީ ނަތީޖާތަކުން ދައްކާގޮތުގައި، ޢައްސާންއަށް 966 ވޯޓު ލިބުނުއިރު، އެމްޑީޕީ ދާއިރާގެ މެންބަރު މުހައްމަދު ނާސިރުއަށް ލިބުނީ 684 ވޯޓެވެ. އަދި މެމްބަރު ހުސައިން މަނިކު ދޮންމަނިކަށް ލިބުނީ 478 ވޯޓެވެ.
މި ދާއިރާގެ ފުރިހަމަ ތާއިދު ޢައްސާން ހޮދިއިރު، މީސް މީޑިއާ މެދުވެރިކޮށް އޭނާއަށް މަރުހަބާ ކިޔަމުން އެބަދެއެވެ.
ބޮޑު ކާމިޔާބީއާއެކު ދާއިރާގެ ހުރިހާ ރަށަކުން ޢައްސާނަށް ހޫނު މަރުހަބާއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ