ޓޫރިޒަމް ދާއިރާގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް މަޝްވަރާކޮށްފި

ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) ގެ އޮފިޝަލުން އަދާރަން ރިސޯޓުގެ ސީނިއާ އޮފިޝަލުންގެ ޓީމާ ބައްދަލުކޮށްފިއެވެ.
އެންސީޓީސީ އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ އަދާރަން ރިސޯޓުގެ ސީނިއާ އޮފިޝަލުންގެ ޓީމާ ކުރި އެބައްދަލުވުމަކީ ޓުއަރިޒަމް ދާއިރާގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ. NCTC officials met with a team of senior officials from Adaaran Resorts - Maldives to discuss security measures in the tourism sector. pic.twitter.com/2aBrkadaP2— NCTC Maldives (@NCTCMaldives) May 7, 2019
ސްރީލަންކާއަށް މިދިޔަ މަހުގެ 21 ވަނަ ދުވަހު ދިން ހަމަލާއަށް ފަހު ދިވެހިރާއްޖޭގެ ސަލާމަތީ ކަންކަން ވަރުގަަދަ ކުރާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވަނީ ވިދާޅުވެފައެވެ. އަދި ދިވެހި ރާއްޖޭގެ ބޯޑަރު ކޮންޓްރޯލް ކުރުމަށްް އިތުރު ފިޔަވަޅުތަކެއް އިމިގްރޭޝަނުންވެސް ވަނީ އަޅާފައެވެ.
އަދި ލަންކާ ހަމަލާއަށްފަހު ދިވެހިރާއްޖެއަށް ހަމަލާއެއް އަތުވެދާނެކަމުގެ އިންޒާރު ރާއްޖޭން ބޭރުގެ އިންޓަލިޖެންސް އެޖެންސީތަކުން އަންނީ ދެމުންނެވެ. އަދި ދިވެހި ރާއްޖެއަށް ނެރެފައިވާ ޓްރެވަލް އެޑްވައިޒަރީ އިއްޔެ އެމެރިކާއިން ވަނީ އަލުން ރިވިއުކޮށް ލެވަލް ދޭއްގައި ނެރިފައެވެ. ލަންކާގައި މި އެޑްވައިޒަރީ އޮތީ ލެވަލް ތިނެއްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ