ރޭ އައްޑޫ ސިޓީގައި ބިދޭސީއަކަށް ހަމަލާދީ ހިންގި މާރާމާރީއާއި ގުޅިގެން ކޯޓް އަމުރެއްގެ ދަށުން ތިން މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ މި މާރާމާރީއާއި ގުޅިގެން މިރޭ ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ދެ ފިރިހެނަކާއި 18 އަހަރުގެ ފިރިހެނެއް ކަމުގައެވެ.
ރޭގެ މާރާމާރީގައި ޒަހަމްކޮށްލާފައިވަނީ އިންޑިއާއަށް ނިސްބަތްވާ ފިރިހެނެކެވެ.
ފުލުހުން ބުނީ، ބައިސްކަލެއްގައި ދަނިކޮށް އެމީހާއަށް ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމުގެ މައުލޫމާތު ލިބުނީ ރޭ ފަތިހު 4:00 ގައި ކަމަށެވެ. އެގޮތުން ހަމަލާދީފައި ވަނީ އެމީހާގެ މޫނު މައްޗަށް ކަމަށް ފުލުހުން ބުނެއެވެ.
މާރާމާރީގައި ލިބުނު އަނިޔާއަށް އެމީހާއަށްވަނީ ހޮސްޕިޓަލުގައި ފަރުވާ ދީފައެވެ،
އައްޑޫ ސިޓީ މާރާމާރީއާއި ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ