ބޮޑެތި ކަންކަން ކުރިމަތިވުމުން ކުރާނެ ދުޢާއަކަށް ކިޔުންތެރިން އެދިލައްވާތީ މިގެނެސްދެނީ އެފަދަ ޙާލަތުގައި ކުރަން އޮތް ދުޢާއެކެވެ.
މުޞީބާތެއް މެދުވެރިވުމުން ކިޔާ ދުޢާ:
إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُوْنَ، اَلَّلهُمَّ أَجِرْنِيْ فِيْ مُصِيْبَتِيْ وَأَخْلِفْ لِيْ خَيْرًا مِّنْهَا
ދުޢާ ގެ މާނަ:
ހަމަކަށަވަރުން އަޅަމެންގެ ހުރިހާ ކަމެއް މިލްކުވެވޮޑިގެން ވަނީ ﷲ އަށެވެ. އަދި އަޅަމެން އެނބުރި ދާހުށީވެސް ﷲ ގެ ޙަޟްރަތަށެވެ. ހައްދަވައިގެންގުޅުއްވާ އިލާހެވެ. މިއަޅާއަށް މެދުވެރިވެފައިމިވާ މުޞީބާތުން މިއަޅާ ސަލާމަތްކޮށްދެއްވާ ފާންދޭވެ. އަދި މިއަށްވުރެ ހެޔޮ ގޮތެއް މިއަޅާ އަށް މެދުވެރި ކުރައްވާފާންދޭވެ. والله أعلم.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
،
ބޮޑުކަމެއް ނުވަތަ މުޞީބާތެއް މެދުވެރިވުމުން ކިޔާ ދުޢާ:
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ