ރައީސް މައުމޫނު މެލޭސިއާއަށް ކުރެއްވި ދަތުރުފުޅު ނިންމާލުމަށްފަހު މާލެ ވަޑައިގެންފި

މެލޭސިއާގެ ބޮޑުވަޒީރު މަހާތީރު މުހައްމަދުގެ ދަޢުވަތަކަށް މެލޭސިޔާއަށް ކުރެއްވި ދަތުރުފުޅު ނިންމާލުމަށްފަހު ފަހު ކުރީގެ ރައީސް އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމް މިރޭ ރާއްޖެ ވަޑައިގެންފިއެވެ. ރައީސް މައުމޫނު މެލޭސިއާއަށް ކުރެއްވި ދަތުރު ފުޅުގައި މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ދެއްވި ޚާއްސަ ސިޓިއެއް މެލޭސިޔާގެ ބޮޑުވަޒީރަށް ރައްދު ކުރެއްވިއެވެ. ރައީސް މައުމޫނުގެ މިދަތުރު ފުޅުގައި އެމް،އެމް އާރުގެ 2 މެމްބަރުން ކަމަށްވާ ކުރީގެ މިނިސްޓަރ ޢަބްދުﷲ ކަމާލުއްދީނާއި މައުމޫނުގެ ހަރާކާތްތަކުގައި އިސްކޮށް އުޅުއްވާ އާމިނަތު ނާދިރާ ބައިވެރިވެ ވަޑައިގެންނެވިއެވެ.
ރައީސް ޞާލިހު ސިޓީ ފުޅުގައި މައިގަނޑު 2 ކަމެއް ފާހަގަކޮށްފައިވާކަމަށް ރައީސް މައުމޫނު ރާއްޖެ ވަޑައިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރ ޕޯޓްގައި ބޭއްވި އިންޓަވިއުގާ ވިދާޅުވިއެވެ. އެދެކަމީ މެލޭސިޔާގެ ބޮޑުވަޒީރު ރައްޖެވަޑައިގަތުމާއި މެލޭސިޔާގައި ދިރިއުޅޭ ދިވެހިންނަށް ދިމާވެފައިވާ ވިސާގެ ކަންތައް ހައްލުކުރުމެވެ.
ރައީސް ޞާލިހު ރާއްޖެ ވަޑައިގަތުމަށް ދެއްވި ދައުވަތު ޑރ. މަހާތީރު ޤަބޫލުކުރައްވާ ފައިވާކަމަށް ރައީސް މައުމޫނު ވިދާލުވިއެވެ. އަދި މިވަގުތު ކަންތައް ހުރިގޮތުން އަވަސް މުއްދަތެއްގައި ނާދެވުނުކަމަށްވިޔަސް ފަސޭހަފުޅު ވަގުތެއް ދިމާވުމުން ރާއްޖެ ވައިޑައިގަންނަވާނެކަމަށް މަޚާތީރު ވިދާޅުވެފައިވާކަމަށް ރައިސް މައުމޫނު ވިދާޅުވިއެވެ. ޑރ.މާހާތީރުވަނީ މީގެކުރިން 1984 ގައި ރާއްޖެ ވަޑައިގެންފައެވެ.
ވިސާގެ ކަންތައް ދެޤައުމުން ވާހަކަދައްކައިގެން މަސައްކަތް ކުރިއަށް ގެންދިއުމަށް ޑރ.މާހާތީރު ދެންނެވިކަމަށް ރައީސް ވިދާޅުވިއެވެ. މިބައްދަލުކުރުމުގައި ރާއްޖޭގެ ސިޔާސީ މަސްރަހުގެ ހާލަތާބެހޭގޮތުން މެލޭސިޔާގެ ބޮޑުވަޒީރު ޑރ. މާހާތީރު މަޢުލޫމާތު ހޯއްދިވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ