ގޫގުލް މެޕްސްއިން ބެޓެރީ ސޭވްކުރާނެ އާ ފީޗާއެއް ތަޢާރަފްކުރަނީ

ގޫގުލް މެޕްސް ބޭނުންކޮށްގެން ދަތުރުކުރާއިރު ފޯނުގެ ބެޓެރީ އަވަހަށް ހުސްވުމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، ނެވިގޭޝަންގެ ތެރޭގައި ބޭނުންކުރެވޭ ޚާއްޞަ "ޕަވާ ސޭވިން މޯޑެއް" ތަރައްޤީކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. މި ފީޗާގެ ސަބަބުން، ޚާއްޞަކޮށް ދިގު ދަތުރުތަކުގައި ބެޓެރީ ހުސްވުމުގެ ކަންބޮޑުވުމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ގޫގުލްއިން ބުނެއެވެ. މި އާ ފީޗާގެ މައުލޫމާތު ހާމަކޮށްފައިވަނީ އެންޑްރޮއިޑް ފޯނުތަކަށް ޚާއްޞަ ގޫގުލް މެޕްސްގެ ބީޓާ ވާޝަނެއްގެ ކޯޑުތައް ތަހުލީލުކުރުމުގެ ތެރެއިންނެވެ. https://sun.mv/197336 "އެންޑްރޮއިޑް އޮތޯރިޓީ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި މޯޑު އެކްޓިވޭޓްކުރުމުން އެޕްގެ ސްކްރީނުން ބޭނުންނުވާ އިތުރު މައުލޫމާތުތައް ފޮރުވާލާނެއެވެ. މި މޯޑުން ބެޓެރީ ސަލާމަތްކުރަނީ، ސްކްރީންގެ ބޭނުންކުރުން މަދުކޮށްގެންނެވެ. އެގޮތުން، ސްކްރީންގެ ކުލަތައް ނައްތާލައި، އެއްކުލައަކަށް ބަދަލުކުރުމާއި، މަގުތަކުގެ ނަންފަދަ ބޭނުންކުޑަ ލިޔުންތައް ނަގައި، ހަމައެކަނި ކުރިއަށް އޮތް ބަދަލުތައް ފަދަ އެންމެ މުހިންމު ނެވިގޭޝަން މައުލޫމާތު ދައްކާނެއެވެ. ގޫގުލް މެޕްސް އިން ބެޓެރީ ބޮޑަށް ބޭނުންވަނީ ޖީޕީއެސް ލޮކޭޝަން އަދި ސްކްރީން އަބަދު ހުޅުވާފައި ބެހެއްޓުމުންނެވެ. ރިޕޯޓްތައް ބުނާގޮތުން، މި މޯޑު އެކްޓިވޭޓްކުރުމަށް، ދަތުރުކުރަމުންދާ ވަގުތު ފޯނުގެ ޕަވާ ބަޓަނަށް ފިތާލުމުން އެފީޗާ އެކްޓިވޭޓްވާނެއެވެ. ނުވަތަ އެޕްގެ ތެރެއިން ސީދާ މި މޯޑު ހުޅުވޭނެ ގޮތެއްވެސް ހިމެނިދާނެއެވެ. މި ފީޗާ މިހާރު އޮތީ ތަރައްޤީކުރުމުގެ މަރުހަލާގައި ކަމަށްވާއިރު، އަދި އާންމުކޮށް ބޭނުންކުރާ ވަރޝަންތަކަށް ނެރޭނެ ދުވަހެއް އަދި ކަށަވަރެއް ނުވެއެވެ. ނަމަވެސް، މިއީ ދަތުރުފަތުރުކުރާ އެތައް ބަޔަކަށް ބޮޑު ފަސޭހައެއް ގެނެސްދޭނެ ފީޗާ އެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ