ކޮމަންވެލްތް ހޭންޑްބޯޅަ މުބާރާތުގައި ދިވެހިރާއްޖެއާ ދެކުނު އެފްރިކާ ބައްދަލުކުރިމެޗް ފަސޭހަކަމާއެކު ދިވެހިޓީމް ކާމިޔާބުކޮށްފިއެވެ.
ކުޅުދުއްފުށީގައި ކުރިއަށްދާ މި މުބާރާތުގެ ދިވެހިޓީމް ކުޅުނު ދެވަނަ މެޗްގައި ދެކުނު އެފްރިކާގެ މައްޗަށް ކުރިހޯދީ ވަރަށް ފަސޭހަކަމާއެކު ސީދާ ދެސެޓުންނެވެ. މެޗްގެ ފުރަތަމަ ސެޓް ދިވެހިޓީމް ގެންގޮސްފައިވަނީ 9-23 ގެ ނަތީޖާއަކުންނެވެ. ދެވަނަ ސެޓް ދިވެހިޓީމް ގެންގޮސްފައިވަނީ، 22-13 ގެ ނަތީޖާއިންނެވެ.
ދެކުނު އެފްރިކާއާ ދެކޮޅަށް ނިކުތުމުގެ ކުރިން ދިވެހިޓީމް ފުރަތަމަ ނިކުތީ އަވައްޓެރި ސްރީލަންކާ އާ ދެކޮޅަށެވެ. މިމެޗް ދިވެހިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
ރާއްޖެ ދެކުނު އެފްރިކާ އާ ދެކޮޅަށް ކުޅުނުމެޗްގެ ތެރެއިން.. ފޮޓޯ: ޔޫތް މިނިސްޓްރީ
މިމެޗްގެ ފުރަތަމަ ސެޓް ދިވެހިޓީމުން 28-24 ގެ ނަތީޖާއަކުން ގެންގޮސްފައިވަނިކޮށް ލަންކާޓީމް ވަނީ ދެވަނަ ސެޓް 34-26 ގެންގޮސްފައެވެ. މެޗްގެ ޑިސައިޑިން ސެޓް ރާއްޖެ ކާމިޔާބު ކުރީ 7-4 ގެ ނަތީޖާއަކުންނެވެ.
މުބާރާތުގައި ޕާކިސްތާނު އަދި ބަންގާޅުޓީމުން ވަނީ އެޓީމްތައް ކުޅުނު މެޗްތައް ކާމިޔާބުކޮށްފައެވެ. ޕާކިސްތާނު ނިކުތީ ލަންކާ އާ ދެކޮޅަށެވެ. އަދި ބަންގާޅު ނިކުރީ ދެކުނު އެފްރިކާ އާ ދެކޮޅަށެވެ.
ކޮމަންވެލްތު ހޭންޑްބޯޅަ މުބާރާތް: ދެކުނު އެފްރިކާ އަތުން ރާއްޖެއަށް މޮޅެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ